އަލާދީދީ މިފަހަރު ފެނިގެން ދާނީ ބައިސްކޯފު އެޕުން!
އަލްމަރުހޫމް އަލްއުސްތާޛު މުހައްމަދު ވަހީދު ނަދުވީ މި ދުނިޔެއިން ވަކިވެވަޑައިގެންނެވި އިރު، ދިވެހިންނަށް އެމަނިކުފާނު ދެއްވި އެންމެ އަގުބޮޑު ހަދިޔާއަކީ އެބޭފުޅާގެ ދަރިކަލުން އަލާ ދީދީއެވެ. ދިވެހި ތާރީޚާއި ސަގާފަތުގެ ދިރާސާ ކުރައްވާ، އެ އިލްމު ފެތުރުއްވުމުގެ އަގުހުރި މަސައްކަތްތަކެއް ކުރަމުންދާ އަލާ އަކީ ތާރީޚަށް ލޯބިކުރާ ދިވެހި ޒުވާނުންނާއި އެކި އުމުރު ފުރައިގެ ފަރާތްތަކުގެ މެދުގައި މަގުބޫލު ފަރާތެކެވެ.
އަލާއަކީ ކާކުކަން ނޭނގޭ ފަރާތެއް މިއަދު ރާއްޖޭގައި މަދުވާނެއެވެ. ނަމަވެސް އަލާ ވަނީ އޭނާގެ އިލްމު ލިބޭ ފަރާތްތައް އިތުރަށް ފުޅާ ކުރެއްވުމަށް ބައިސްކޯފް އެޕާއި ގުޅިގެން ޚާއްސަ ޕްރޮގްރާމެއް ގެންނަވަން ނިންމާފައެވެ.
https://www.facebook.com/baiskoafu/videos/572012923280852/?_rdc=1&_rdr
ދިވެހި ޑްރާމާ، ފިލްމް އަދި ލަވަ ސްޓްރީމްކުރެވޭ ބައިސްކޯފު އެޕުން ތަރިކަ ނަމުގައި ގެނެސްދޭ މި ޕްރޮގްރާމްގައި އަލާގެ އަރިހުގައި ޒައިދު އަސްއަދު ދީދީ އަދި ޝަމްއޫން ޖަލީލް (ލޫކަސް)ފަދަ ފަރާތްތައް ބައިވެރިވާނެއެވެ.
ހުކުރު ދުވަހުގެ މެންދުރުފަހު 2:30 ގައި ސްޓްރީމްކުރާ މިޕްރޮގްރާމްގައި ދިވެހި ތާރީޚުގެ ވާހަކަތަކާއި މުހިންމު ޝަޚްސިއްޔަތުތަކުގެ ވާހަކަ ގެނެސްދެވޭނެކަމަށް ބައިސްކޯފުން ބުނެއެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް