ދިވެހިރާއްޖެ ކޮމަންވެލްތާއި ގުޅުމުގެ ކަންކަން މިއަހަރުގެ ފަހުކޮޅު ނިމޭނެ
ދިވެހިރާއްޖޭގެ ކޮމަންވެލްތާއި ގުޅުމުގެ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި އެހެނިހެން ކަންތައްތައް މިއަހަރުގެ ފަހުކޮޅުގައި ނިމޭނެކަމަށް އެޖަމާއަތުން ބުނެފިއެވެ.
އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ތާރިގް މަހުމޫދު އަހުމަދު ވިދާޅުވީ ރާއްޖެ ކޮމަންވެލްތާއި ގުޅުމުގެ އެޕްލިކޭޝަން ޕްރޮސެސްކުރަމުން އަންނަ ކަމަށާއި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއިވެސް ބައްދަލުކުރައްވާފައި ވާނެކަމަށެވެ.
ކޮމަންވެލްތާއި ދިވެހިރާއްޖެ ގުޅުމަށް ދިވެހިރާއްޖޭގެ ފަރާތުން ކުރަންޖެހޭ ގިނަ ކަންތައްތައް ވަނީ ކޮށްފައެވެ.
އެގޮތުން ކޮމަންވެލްތަށް އަލުން އަނބުރާ ގުޅުމަށްޓަކައި ރާއްޖެއިން ހުށަހެޅުމަށް އެޖަމްއިއްޔާއިން އެދުނު ބައެއް ލިޔެކިޔުން މިނިސްޓަރ ޝާހިދު ވަނީ އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިޔާ ސްކޮޓްލޭންޑްގެ އަތްޕުޅަށް އަރުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް