މަސްތުވާތަކެތީގެ މައްސަލައެއްގައި މަޝްހޫރު ވޮލީ ކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ވ. ކެޔޮދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި މަޝްހޫރު ވޮލީކުޅުންތެރިޔާ އަހުމަދު ފާޒިލް ހައްޔަރުކޮށްފިއެވެ.
ފުލުހުން އޭނާ ހައްޔަރުކުރީ މިދިޔަ ބްރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
އެ އޮޕަރޭޝަންގައި ފާޒިލް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ކެޔޮދޫން ބަލައިފާސްކޮށްފައިވެއެވެ. އެތަންތަން ބަލައިފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ފާޒިލްގެ ބަންދަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް