މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންހެނަކު ހޯދަނީ
ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހާޒިރުވުމަށް ހޯދަން ފަށައިފިއެވެ.
މިމީހާ ހޯދުމަށް ފުލުހުން އިއުލާނުކޮށްފައިވަނީ ދިވެހި ފުލުހުންގެ ޑްރަގް އެންޑް ޓްރެފިކިންގ އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.
މި މައްސަލައާއި ގުޅިގެން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން އިއުލާނުކޮށްފައި ވަނީ، އާމިނަތު ޝިފާނާ، ފްރެސްލައިޓް / މާލެ، (37އ) އެވެ.
އެހެންކަމުން، މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ފުލުހުން ވަނީ މީނާ ސާރޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ، 2025 ފެބްރުވަރީ 9 ވަނަ ދުވަހުގެ 14:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރުވުމަށް އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް