މިފްކޯ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް---ފޮޓޯ: ވޮއިސް
މިފްކޯ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް---ފޮޓޯ: ވޮއިސް
ވިޔަފާރި 18 Feb 2025 | 12:23

މިފްކޯގެ މެނޭޖަރ ލެވެލްގެ 3 މުއައްޒަފަކު ވަކިކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މެނޭޖަރ ލެވެލްގެ ތިން ވެރިއަކު މަގާމުން ވަކިކޮށްފިއެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި މިފްކޯ އިން ވަނީ އެ ކުންފުނީގެ ތިން ޖެނެރަލް މެނޭޖަރުން މަގާމުން ވަކިކޮށްފައިވާ ކަމަށް ހާމަކޮށްފައެވެ. މިފްކޯއިން މި ތިން ޖެނެރަލް މެނޭޖަރުން ވަކިކުރީ މެނޭޖްމެންޓް ޕާފޯމެންސް ރިވިއު ކުރުމަށްފަހު ކަމަށް ބުނެފައި ވެއެެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށްވުރެވެސް ބޮޑަށް ހަރުދަނާ ކުރުމަށް މިހާރު ކުރިއަށްދާ އިސްލާހީ އެޖެންޑާގެ ދަށުން މެނޭޖުމެންޓު ޕާރފޯމަންސް ރިވިއުކުރަމުންދާ ކަމަށް މިފްކޯ އިން ބުނެފައި ވެއެވެ. ރިވިއުއަށް ބަލާފައި ގެންނަން ޖެހޭ ވަގުތީ އަދި ދާއިމީ މުހިންމު ބަދަލުތައް މިހާރު ދަނީ ގެންދަމުން ކަމަށްވެސް މިފްކޯ އިން ބުނެފައި ވެއެެވެ.

މި އެޖެންޑާގެ މަގްސަދަކީ ޒިންމާދާރުކަން ކަށަވަރުކުރުމާއި ހިންގުން ހަރުދަނާކުރުން ކަމަށް މިފްކޯ އިން ބުންޏެވެ.

މިފްކޯ އެފިޝަންސީ އެކްސަސައިޒް ފެށީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށް މިފްކޯއިން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް