N/A
N/A
ހަބަރު 28 Mar 2019 | 10:05

ކަނޑިތީމު ދާއިރާގެ ތަރައްގީ ފުލޯކަކުން ހަގީގަތަކަށް ހެދުމަށް މަޖީދު!

ތަޢުލީމާއި ތަޖުރިބާއަކީ މީހެއްގެ ޤާބިލުކަން މިނެކިރާލަން ގެންގުޅެވޭނެ އެންމެ ރަނގަޅު ދެ މިންގަނޑެވެ.

ބައެއްފަހަރު ކަންކަމަށް ބޭނުންވަނީ ތަޖުރިބާހުރި ބޭފުޅުންނެވެ. ނަމަވެސް ބަވަނަވަމުންދާ ދުނިޔޭގެ ހުރިހާ ދާއިރާއަކަށްވެސް ބޮޑަށް ބޭނުން ޖެހިފައި މިވަނީ ތަޢުލީމީ ބޭފުޅުންނެވެ.

ދައްކަން މިއުޅެނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ވާހަކައެވެ. މަޖިލިސް އިންތިޚާބުގެ ތެރެއިންވެސް ކަނޑިތީމު ދާއިރާގެ ވާހަކައެވެ. ސަބަބަކީ ތަޢުލީމާއި ތަޖުރިބާގެ ތެރެއިން މުހިންމީ ކޮން އެއްޗެއްތޯ އެންމެ ރަނގަޅަށް އަޅާކިޔާލެވޭނީވެސް މިދާއިރާއިން ކަމަށްވާތީއެވެ.

މިދާއިރާގެ ރައްޔިތުންވަނީ ތަޖުރިބާހުރި ބޭފުޅުންގެ ބޭނުން އަތޮޅު ފެންވަރުގައިވެސް އަދި ޤައުމީ ފެންވަރުގައިވެސް ހިފާފައެވެ. ނަމަވެސް ދަސްވީ ހަމަ އެންމެ ކަމެކެވެ. އެއީ ދާއިރާގެ ކުރިއެރުމަށް މިހާރު ބޭނުންވަނީ ތަޢުލީމީ ބޭފުޅެއް ކަމެވެ. ފިކުރު ތަފާތުވި ނަމަވެސް އެ ބޭފުޅަކީ ކެންޑިޑޭޓް ނަންބަރު 5 ޢަބްދުލް މަޖީދު ޢަލީކަން ވެސް ގިނަ ބަޔަކު އިއްތިފާޤުވާނެއެވެ.

ސާނަވީ ތަޢުލީމާއި މަތީ ސާނަވީ ތަޢުލީމު ދިވެހިރާއްޖެއިން ޙާޞިލްކުރެއްވުމަށްފަހު ބޭންކިންގް އެންޑް ފައިނޭންސް އެކައުންޓިންގް ގެ ދާއިރާއިން އޮސްޓްރޭލިޔާގެ މޮނާޝް ޔުނިވަރސިޓީއިން ވަނީ ބެޗެލަރސް ޑިގްރީ ޙާޞިލް ކުރައްވާފައެވެ. މީގެ އިތުރުން ޔޫކޭގެ ކާޑިފް ޔުނިވަރސިޓީއިން އިންޓަނޭޝަނަލް އިކޮނޮމިކްސް ބޭންކިންގް އެންޑް ފައިނޭންސް ގެ ދާއިރާއިން ވަނީ މާސްޓަރސް ޑިގްރީ ޙާޞިލް ކުރައްވާފައެވެ. ނަމަވެސް ގިނަ ބަޔަކު ކުރާނެ ސުވާލަކީ މި ހުރިހާ ސެޓްފިކެޓެއް ލިބިފައިހުރި ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގައި ކުރެވޭނީ ވަކި ކިއްތޯއެވެ؟ މިހާ ހިސާބުން މިޖެހެނީ ފޮތް ރަނގަޅަށް ހުޅުވާލާށެވެ.

މަޖީދު އަކީ ލިބިފައިހުރި ތަޢުލީމާއި އެއްވަރަށް ތަޖުރިބާވެސް ލިބިލައްވާފައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް އެ ތަޖުރިބާއަކީ ސިޔާސީ ދާއިރައިން ލިބިލައްވާފައިވާ ތަޖުރިބާއެއް ނޫނެވެ.

ސިޔާސީ ބޭފުޅަކަށް ދާއިރާގެ ރައްޔިތުންގެ އަޑު އިއްވޭނަމަ މިއަދު މުޅި ދިވެހިރާއްޖެއަށް ވެސް ވާނީ ކަނޑިތީމު ދާއިރާގެ އަޑުއިވިފައެވެ. މޮނާޝް ޔުނިވަރސިޓީއިން ޤާނޫނީ ދާއިރާއިން ޙާޞިލްކުރެއްވި މައިނަރ ޑިގްރީއަށްފަހު ޤާނޫނު އިސްލާޙު ކުރެއްވުމުގައި މަޖީދު ވަނީ ޙަރަކާތްތެރިވެ ލައްވާފައެވެ.

އެގޮތުން، ރާއްޖޭއްގެ މާލީ ސެކިއުރިޓީޒް ޤާނޫނާއި، ޕްރައިވެޓް މާރކެޓް ޕްލޭސްމަންޓް ޕްލެޓްފޯމަށް ފުރުޞަތު ފަހިކުރުމުގެ ގޮތުން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެހީތެރިވެދެއްވުމުގެ ސަބަބުން ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވާނެ ގޮތުގެ އެންމެ ތާޒާ މަޢުލޫމާތު ލިބިލައްވާފައިވާނެ އެއް ބޭފުޅަކީ މަޖީދުއެވެ.

ހަމަ އެއާއިއެކު މަޖީދު އަކީ މީރާ އާއި އޮޑިޓް އޮފީހުގެ ލައިސަންސް އޮޑިޓަރެކެވެ. އެގޮތުން އޮޕްޓިމޯ އެލްއެލްޕީގެ ނަމުގައި ފާމެއް ހުޅުވާ، އޮޑިޓް ކުރެއްވުމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ހޯދައިދިނުން ފަދަ އެތައް މަސައްކަތެއް މަޖީދު ދަނީ ކުރައްވަމުންނެވެ.

ބޭންކް އޮފް ސިލޯނާއި ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތް ކުރެއްވުމުގެ ސަބަބުން، ރައްޔިތުންނަށް ލޯނު ހޯދުމަށް ދިމާވާ ދަތިތަކާއި ބެހޭގޮތުން އަޑު އަހާލުމުގެ ފުރޞަތު ވަނީ ލިބިލައްވާފައެވެ. ހަމަ އެއާއި އެއްގޮތަށް ލޯނުތައް ފަރުމާކުރުމަށްވެސް ވަނީ އެހީތެރިވެދެއްވާފައެވެ.

ކަނޑިތީމު ކޯޕަރޭޓް ސޮސައިޓީގެ ޗެއާމަނެއްގެ ޙައިޞިއްޔަތުން އެތައް އިޖުތިމާޢި މަސައްކަތްތަކެއްގައި ވަނީ އެހީތެރިވެދެއްވާފައެވެ. އަދި މިނޫނަސް ރަށު ފެންވަރުގައި ހިންގާ ގިނަ ޙަރަކާތްތަކަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

މިހުރިހާ ކަމެއް މުރާޖާ ކުރުމަށްފަހު ޤާބިލު ބޭފުޅެއްތޯ ކަނޑައަޅާނީ ރައްޔިތުމީހާއެވެ. އަދި ހަމަ އެހެންމެ، މަޖީދަކީ ދާއިރާގެ އަޑުއިއްވާނެ މީހާތޯވެސް ކަނޑައަޅާނީ ހަމަ އެ ރައްޔިތުމީހާއެވެ. ނަމަވެސް އޭގެ ކުރިން މަޖީދުއަށް ދާއިރާއަށް ހުށަހަޅައިދެވެން އޮތީ ކޮންކަމެއްތޯ ބަލައިލާނަމެވެ.

ވިޔަފާރިތަކަށް ބޭނުންވާ ކަންތައްތަކަށް މަގުފަހިކޮށްދީ ވިޔަފާރިތަކުން ނަގަމުންދާ ޓެކްސްތަކަށް ރަނގަޅު ބަދަލެއް ގެނެސްދެއްވުމަކީ މަޖީދުގެ އެންމެ މުހިންމު އެއް ހުށަހެޅުމެވެ. މީގެ ސަބަބުން ފަރުދުންގެ މުއްސަނދިކަން ދާއިރާއިން ފެނިގެންދާނެއެވެ.

މަދަނީ ޖަމްޢިއްޔާ ކުރިއަރުވާ، ކުޅިވަރުކުޅޭނެ އަދި ކަސްރަތު ކުރެވޭނެ ވަޞީލަތްތައް ފޯރުކޮށްދެއްވުމުގެ އިތުރުން ތަޢުލީމީ ދާއިރާ ކުރިއެރުވުމުގެ ގޮތުން ވާޗުއަލް ލާނިންގެ ސެންޓަރެއް ދާއިރާގައި ޤާއިމު ކުރައްވާނެކަމީ ދާއިރާގެ ތަރައްޤީ ރައްޔިތުންނަށް ކަށަވަރުވާނެކަމުގެ އަލިގަދަ ހެއްކެކެވެ.

ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން ޝާމިލްވާގޮތަށް މެޑިކަލް ކޭމްޕެއް ބޭއްވުމަކީ ރައްޔިތުން އެކަމަކަށް ބޭނުންވާ ރައްޔިތުމީހާގެ އެތައް ޚަރަދެއް ސަލާމަތްކުރެވޭނެފަދަ ކަމެކެވެ. ދާއިރާއިން ބޭނުންވަނީ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާއެވެ. ރައްޔިތުން އެދި ގޮވަނީ އަތްފޯރާފަށަށް އިންޓަރނެޓްގެ ޚިދުމަތް ގެނެސްދިނުމަށެވެ. ހަމަ އެހެންމެ ފެނާއި ކަރަންޓުވެސް ހުރިހާ ރަށެއްގައި ހަމަހަމަގޮތެއްގައި ލިބުމަށެވެ. މިއީ މިކަންތައްތައް ހިނގާ ނުހިނގާ ގޮތް ރަނގަޅަށް އިނގިލައްވާ ޒުވާނެއްގެ ތަޞައްވުރުގައި ހިމެނޭ ކަންތައްތަކެވެ. ޢިލްމީގޮތުން ޤާބިލް ބޭފުޅެއްގެ ހުށަހެޅުންތަކެވެ.

ކަނޑިތީމު ދާއިރާ ތަރައްޤީ ވެފައިވަނީ އިހުޒަމާނުގެ ފުލޯކު ވާހަކައަކަށެވެ. އޭގައި ޤަބޫލު ނުކުރެވޭ އެތައް ކަމެއް އެކުލެވިގެންވާ އެއްޗަކަށެވެ. ބަދަލަކަށްވުރެވެސް ބޮޑަށް ދާއިރާއިން ގުގުމަމުންދަނީ ދާއިރާއަށް ތަރައްޤީ ލިބެންޖެހޭކަމުގެ އަޑެވެ. ނަމަވެސް ބަދަލެއް ނުގެނެސް މިކަން އަނެއްކާވެސްވާނީ ބިލާހަކަށްކަންވެސް ރައްޔިތުންނަށް ވަރަށް ރަނގަޅަށް ޤަބޫލުކުރެވެއެވެ. ދާއިރާގެ ރަށްތަކަކީ އަސާސީ އެތައް ކަމަކުން މަޙުރޫމުވެފައިވާ ރަށްތަކެކެވެ. ދާއިރާގެ އެތައް ރައްޔިތުންނަކީ އެމީހުންކުރާ މަސައްކަތްތަކުގެ ނަފާ ލިބޭނެ ގޮތެއް ނުވަތަ ހޯދާނެ ގޮތެއް ނޭނގިފައި ތިބި ރައްޔިތުންނެވެ. ދާއިރާގެ ޒުވާނުން ބޭނުންވެފައިވާ ކުޅިވަރުކުޅޭނެ ވަޞީލަތްތަކާއި އަގުހެޔޮ އިންޓަނެޓް ވެފައިވަނީ އެ ޒުވާނުންގެ ދުލުން ބެރުވެގެންދާ ޝުއޫރުތަކަކަށް އެކަންޏެވެ. ރައްޔިތުންގެ މި އަޑުތައް އިއްވޭނީ އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ބަރޯސާނުވާ މީހަކަށެވެ. މިކަންތައްތައް ކުރެވޭނީ ކަމުގެ ޙަޤީގަތް އިނގިލައްވާ، ކަންކުރާނެ ގޮތުގެ ރޭވުމެއް އޮތް ބެފުޅަކަށެވެ.

ދާއިރާ ކުރިއެރުވުމަށް ތަޢުލީމީ ބޭފުޅެއްގެ މުހިންމުކަން މިހާރު ވަރަށް ސާފުކޮށް ފެންނަމުން އެބަދެއެވެ. ސަބަބަކީ ބިނާކުރަނިވި ފާޑުކިޔޭނީ ޢިލްމީ ބޭފުޅުންގެ އުފެއްދުންތެރި ޚިޔާލުތަކުގެ އަލީގައި ކަމަށްވާތީއެވެ. މިކަން މިހެން އޮތްއިރުގައި މިފަހަރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވައިގެން ތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން ދާއިރާގެ ރައްޔިތުންގެ އަޑު މަޖިލީހަށް އިއްވައިދިނުމުގެ ޤާބިލުކަން ލިބިފައިހުރީ މަޖީދުގެ ކިބައިގައެވެ. ދާއިރާ އުސް ހަރުފަތަކަށް ގެންގޮސްދެއްވޭނެ ބޭފުޅަކީ މަޖީދުއެވެ. ތިރީސް އަހަރުވަންދެން ފޮތުގެ މުޤައްދިމާ ކިޔާ ކިޔާ ރައްޔިތުން ފޫހިވެއްޖެއެވެ. މިފަހަރު ފުރޞަތު ދޭންވީ މުޤައްދިމާގެ އިތުރުން ބާބުތަކެއް ލިޔެދެވޭނެފަދަ ބޭފުޅަކަށެވެ. ވަކި ފިކުރަކަށް މިކަން ނުވާނެކަން ރައްޔިތުންގެ ލޯތަކަށް ވަރަށް ސާފުކޮށް ފެނިއްޖެއެވެ. އެހެންކަމުން މިފަހަރު ދާއިރާގެ ތަޢުލީމީ ޒުވާނެއްގެ އަޖުމަ ބަލައިލަމާތޯއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...