ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ހުޅުވާލައިފި
ހައްޖަށް މީހުން ގެންދިއުމުގެ ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޕްރޮޕޯސަލްފޮތާއި ފްރޮޕޯސަލް ހުށައަޅާ ފަރާތްތަކަށް ބޭނުންވާ މައޫލޫމާތުތައް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން މެންދުރު ބާރަޖެހުމާ ހަމައަށް ޕްރޮޕޯޞަލް ހުށައެޅުމުގެ ފީ ބަލައިގަންނަމުންދާނެކަމަށެވެ. މި ޕްރޮޕޯޒަލް ފީއަކީ 10،000 ރުފިޔާއެވެ.
ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލުގައިވާގޮތުން ރާއްޖެއިން މީހުން ޙައްޖަށް ގެންދެވޭނީ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ދިވެހި ކުންފުންޏަކަށެވެ. އަދި މި ކުންފުންޏަކީ ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އޮތް ކުންފުންޏަކަށްވެސް ވާންޖެހެއެވެ.
ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހޮވޭ ކޮންމެ ކުންފުންޏަކަށްވެސް ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް