އަލިފުށި އަދި ހުޅުދުއްފާރުގެ މަގު ހެދުމުގެ މަސައްކަތުގެ ދިރާސާކުރަން ބަޔަކާއި ހަވާލުކޮށްފި
ރ.އަލިފުށި އަދި ހުުޅުދުއްފާާރުގެ މަގު ހެދުމުގެ މަޝްރޫއުއާއި ގުޅޭ ދިރާސާތައް ހެދުމަށް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ މިއަދު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާާތެއްގައި އަލް ހަބްޝީ އިންޖީނިއަރިންގ ކޮންސަލްޓެންޓްސް އޮފީސް ކިޔާ ކުންފުންޏަކާއި އެވެ.
މި މަަސައްކަތުގެެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ ޑިރެކްޓަރގެ މަގާމުގައި ހުންނެވި އަބްދުލް ރައްޒާގު އިދުރީސެވެ. އަދި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫގެވެ.
120 ދުވަހުގެ ތެރޭ ނިންމަންޖެހޭ މި މަސައްކަތުގެ ދަށުން އެ ދެ ރަށުގެ މަގު ހެދުމަށް ބޭނުންވާ ސާރވޭއާއި، ޑީޓެއިންޑް ޑިޒައިން އަދި އީއައިއޭ ތައްޔާާރުކުރަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް