އޭސީސީގެ މެންބަރުން މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރަނީ
އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުވުމަށް އަންގައިފިއެވެ.
އެފަރާތްތައް މަޖިލީހަށް ހާޒިރުކުރަނީ އެމްއެމްޕީއާރުސީގެ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާގެ ހިޔާނާތާއި ގުޅިގެން އޭސީސީން ނެރުނު ތަހުގީގު ރިޕޯޓުގައި ހިމެނޭ ބައެއް ކަންކަން ސާފުކުރުމަށެވެ.
މިއަދު 11:15 ގައި މާލިއްޔަތު ކޮމިޓީ އަށް ހާޒިރުވުމަށް ކޮމިޝަންގެ މެމްބަރުންނަށް މާލިއްޔަތު ކޮމިޓީން ވަނީ ސިޓީއެއް ފޮނުވާފައެވެ.
މާލިއްޔަތު ކޮމެޓީން އެދިފައިވަނީ ރިޕޯޓުގައި ފާހަގަ ކުރި ކަންތައްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ދެއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް