އާ ސަަހަރާގެ ބައެއް މަހާނަގާތައް ނެގުމަށް އެދިއްޖެ
އާ ސަަހަރާއަށް އަލުން ވެލިއެޅުމަށް ބޭނުންވާތީ އެތަނުގައި ހުރި ބައެއް މަހާނަގާތައް ނެގުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ.
މާލޭ ސިޓީކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭ ސިޓީގައި މަރުވާ މީހުން ވަޅުލުމަށް ބޭނުންކުރަމުންދާ އާސަހަރާގައި ޖާގަ ނެތުމުން، މީހުން ވަޅުލުމަށް ޖާގަ ހެދުމަށް ސަހަރާގެ އިރުމަތި ފަރާތަށް ވެލިއެޅުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އާސަހަރާގެ އިރުމަތީ ފަރާތުގައި މައްޔިތުން ވަޅުލާފައިވާ ބައިގެ މަހާނަތަކުގައި ޖަހާފައިވާ މަހާނަ ގާތައް މައްޔިތުންގެ އާއިލާތަކުގެ ފަރާތުން މި މަހުގެ ނިޔަލަށް ނަގައިދިނުމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އަދި އެ މުއްދަތުގައި މަހާނަގާތަށް ނުނަގައިފި ނަމަ، ސިޓީ ކައުންސިލުގެ ފަރާތުން މަހާނަ ގާތައް ނަގާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެެވެ.
އަދި އެ ގާތަށް ނަގައި ވެލި އަޅާ އިރު އެ ގާތަކަށް ލިބޭ ގެއްލުމަށް ސިޓީ ކައުންސިލުން ޒިންމާ ނުވާނެ ކަމަށް ވެސް އެ ކައުންސިލުން ކުރި އިއުލާނުގައިވެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް