އިންނަމާދޫގައި ފުޓްސަލް ދަނޑެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ރ.އިންނަމާދޫގައި ފުޓްސަލް ދަނޑެއް ހެދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޔޫތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އަހުމަދު މަޚުލޫފެވެ.
މި ރަސްމިއްޔާތުގައި އިންނަމާދޫ ހިމެނޭ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިންނަމާދޫގައި ފުޓްސަލް ދަނޑެއް ގާއިމްކުރުމަކީ އެރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ކުރަމުން އައި އުންމީދެކެވެ. މިއީ އެ ދާއިރާގެ މެންބަރު ހަސަންޓޭގެ ވައުދެއްވެސް މެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް