ފެނަކައިގެ ޗެއާމަނަކަށް އެސްޓީއޯގެ ކުރީގެ އެމްޑީ ޝަހީރު
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސަރުކާރުގެ ޔުޓިލިޓީ ކުންފުނި، ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް އެސްޓީއޯގެ ކުރީގެ އެމްޑީ އަހްމަދު ޝަހީރު ހަމަޖައްސައިފިއެވެ.
ފެނަކާގެ ޗެއާމަންގެ މަގާމަށް ޝަހީރު ހަމަޖައްސާފައިވަނީ މިދިޔަ ބުރާސްފަތިދުވަހުއެވެ.
ވިޔަފާރީގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ޝަހީރަކީ، މި ސަރުކާރުން އެކުލަވާލި އިންތިގާލީ ކޮމިޓީގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
29 އަހަރު ވަންދެން އެސްޓީއޯގެ އެކި އެކި މަގާމުތައް ފުރުއްވި ޝަހީރު އެސްޓީއޯގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، 2018 ވަނަ އަހަރުގެ ނޮވެންބަރު 15 ވަނަ ދުވަހުއެވެ.
ފެނަކައިގެ ޗެއާމަން އަކަށް ޝަހީރު ހަމަ ޖައްސަވާފައިވާއިރު، ކުރީ ސަރުކާރު ނިމިގެންދިޔަ އެ ކުންފުނި ވަނީ ވަރަށް ބޮޑަށް ދަރާފައެވެ. މިސަރުކާރުން އެ ކުންފުނީގެ އެމްޑީގެ މަގާމަށް ހަމަޖައްސާފައި ވަނީ މަޑަވެލި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުއާޒް ރަޝީދެވެ.
ފެނަކައިން އަންނަނީ ރާއްޖޭގެ 150 އަށް ވުރެ ގިނަ ރަށުގައި ކަރަންޓުގެ ޚިދުމަތް ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް