ޖިންްސީ ފުރައްސާރަކުރިކަމުގެ ތުހުމަތުގައި ގައުމީ ކްރިކެޓް ޓީމުގެ ކޯޗު ހައްޔަރުކޮށްފި
ކުޑަކުދިންނާއި ބޮޑެތިމީހުންތަކަކަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ގައުމީ ކްރިކެޓް ޓީމްގެ ކޯޗު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 08:20 ހާއިރު ސައުތު އެފްރިކާއަށް ނިސްބަތްވާ 46އަހަރުގެ ފިރިހެނަކު ފުރަންގޮސް ހުއްޓައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރިކަމަށެވެ.
އަދި މި މީހާ ހައްޔަރުކޮށްފައިވަނީ 18އަހަރުން ދަށުގެ ކުޑަކުދިންތަކަކަށާއި، 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތުގައެވެ.
އިތުބާރުހުރި މަަސްދަރުތަކުން ވޮއިސްއަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު ހައްޔަރުކޮށްފައިވަނީ ގައުމީ ކްރިކެޓް ކޯޗު އާސިފް ޚާނެވެ. އޭނާއަކީ ޕާކިސްތާނާއި ދެކުނު އެފްރިކާއަށް ނިސްބަތްވާ މީހެކެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް