150 ބަނގުރާ ފުޅިއާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
150 ފުޅި ބަނގުރަލާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިސް ތަރުޖަމާނު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާން ރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަނގުރާ ކަމަށް ޝައްކުކުރެވޭ 150 ފުޅިއާއި ގިނަ އަދަދެއްގެ ފައިސާއާއެކު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި ޝިފާންގެ ޕޯސްޓްގައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަނގުރާ ކަމަށް ޝައްކު ކުރެވޭ ފުޅިތަކުގެ ފޮޓޯވެސް ހިއްސާކުރައްވާފައެވެ.
އެހެން ނަމަވެސް ހައްޔަރުކުރި މީހުންގެ އެއްވެސް ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ހޯދާފައިވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއްވެސް ޝިފާން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް