ބިދޭސީން ރަޖިސްޓަރވުމުގެ ކަންކަން ގަލޮޅު ދަނޑަށް!
ދިވެހިރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގާނޫނީގޮތުން ރަޖިސްޓަރވުމުގެ ކަންކަން ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ވަނީ މިއަދު ގަލޮޅު ދަނޑުގައި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައި މަޚުލޫފް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީ ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހިންގާ ޕްރޮގްރާމުގައި ބިދޭސީން ކިޔޫ ހަދައިގެން ކޮޅަށް ތިބެންޖެހޭ މައްސަލައަށް ނިމުމެއް ގެނައުމަށް، ވީއެންމެ އަވަހަކަށް ގަލޮޅުދަނޑަށް އެމަސައްކަތް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ.
ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދާއި އެއްގޮތްވުމުގެ ޕްރޮގްރާމްގައި ދުވާލަކު ދޫކުރަނީ 150އެއްހާ ނަންބަރެވެ. އެހެންކަމުން ދަންވަރުން ފެށިގެން އެ ހިސާބުގައި ބިދޭސީން ކިޔުދަމާފައި އޮވެއެވެ.
މިކަމާއި ގުޅިގެން ސަރުކާރަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް