N/A
N/A
ހަބަރު 19 Jul 2019 | 11:27

ބާޣީ ލުޠުފީ ގެނެވުނީ ދިވެހި ރައްޔިތުން ދެއްކި ހިތްވަރުން!

ބާޣީ ލުޠުފީ ފިލުވީ، 2010 ވަނަ އަހަރު، އެމްޑީޕީ ސަރުކާރުންނެވެ. އެއަށްފަހު، އޭނާ އުޅެމުން އައީ ސްރީލަންކާގައެވެ.

ނަމަވެސް، ސްރީލަންކާއަށް ދެވުނު ނިރުބަވެރި ހަމަލާތަކަކާ ގުޅިގެން ލަންކާ ސަރުކާރުން، އެޤައުމުގައި ކާފިއު ހިންގައި، ވަރުގަދަ "ސަރޗް" ޕޮރްގުރާމުތަކެއް ހިންގަން ފެށިއެވެ. މުޅި ޤައުމުގައި އަތްފުނާ އެޅުމުގެ ޕޮރްގުރާމުތަކެކެވެ. މިކަން ވެގެން ދިޔައީ، އިންޓަޕޯލް ރަތް ނޯޓިސް ނެރެފައިވާ، ލުޠުފީ ފަދަ މީހަކަށް ވަރަށް ނުރައްކާތެރި ކަމަށެވެ.

އެހެންކަމުން، މިހާރު ހިނގަމުން އަންނަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށްވުމާއެކު، އެންމެ ރައްކާތެރި ގޮތެއްކަމަށް ލުޠުފީއަށް ފެނުނީ، ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަނުމަށެވެ. އެއީ، ލަންކާގެ މަޞްރަޙު ހަމަޖެހެން ދެނެއެވެ. ނަމަވެސް، ލުޠުފީ އެމްބަސީއަށް ވަނުމަށްފަހު، ދެމަހެއްހާ ދުވަސް ވާން ކައިރިވެފައި ވަނިކޮށް، ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރުއަށް އެކަން އެނގުނު ގޮތަކަށް އެނގިގެން، އެކަން ފަޅާ އަރުވާލެއްވިއެވެ.

އެހިސާބުން، ދިވެހި ސަރުކާރުން އެހައި ސިއްރުކޮށްގެން، ލުޠުފީއަށް ޙިމާޔަތް ދީގެން، އުޅުނުއުޅުން އެއްކޮށް ފަޅާއެރީއެވެ. ހަމަ އެރޭ ފުލުހުންނަށް ޖެހުނީ، އޭނާ އެމްބަސީގައި އެބަހުރި ކަމަށް އެއްބަސްވެ ބަޔާނެއްވެސް ނެރޭށެވެ. ޢުމަރު ނަޞީރު އެކަން ފަޅާ އަރުވާ ނުލެއްވިިނަމަ، ލުޠުފީ އަދިވެސް އުޅުނީހީ، އެމްބަސީގެ އެބުނާ ވީއަޕީ ރޫމުގައޭ ބުނުމުގެ ފުރުޞަތު އެބައޮތެވެ. އެއީ ލަންކާގެ މަޞްރަޙު ފިނިވަން ދެނެއެވެ. އެއަށްފަހު، އަނެއްކާވެސް، "ފިލައިގެން" ލަންކާގައި ދިރިއުޅުން ވެއަތު ކުރުމަށެވެ. އެހެނީ، ލުޠުފީއަށްވެސް ނިކަން ރަނގަޅަށް އެނގޭނެއެވެ. ދިވެހި ރައްޔިތުން އޭނާ އަށް ދުވަހަކުވެސް މާފެއް ނުކުރާނެއެވެ. އަދި އޭނަ އާ މެދު ދިވެހި ރައްޔިތުންގެ ހިތުގައި އޮތް ނަފުރަތާއި ރުޅިވެރިކަން ދުވަހަކުވެސް މަޑުނުވާނެކަން އޭނައަށް މާ ރަނގަޅަށް އެނގޭނެއެވެ.

ދިވެހި ސަރުކާރުން، އޭނާ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމާއި، އޭނާ އަމިއްލައިން ހަވާލުވީ ކަމަށް ފަހުން ބުނިކަމަށްވިޔަސް، ދެންވެސް ބެލީ ބަހަނާ ދައްކައިގެން އޭނާ ނުގެނެވޭތޯއޭ ބުނުމަކީވެސް އެންމެ ހެޔޮ ބުނުމަކަށް ވެދާނެއެވެ. އެގޮތުން، އޭނާ އޮތީ ޔޫއެންގެ ހިމާޔަތަށް އެދި ސިޓީ ލާފައި ކަމަށާއި، އޭނާއަކީ މުސްކުޅިއެއް ކަމަށާއި، އޭނާ ބަޑި ހިފައިގެން ނޮވެމްބަރު 3 ގައި ނުއުޅޭ ކަމަށާއި، އޭނައަށްވެސް މާފު ދޭން ޖެހޭނެ ކަމަށާއި، އިތުރު ޚަރަދުތަކެއް ކުރުމަށްފަހު އޭނާ ރާއްޖެއަށް ގެންނާނެ ކަމެއް ނެތް ކަމާއި، މިހިރަ މިހިރަ އެތައް ބަހަނާއެއް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި، އެކްޓިވިސްޓުން ދިޔައީ، ފާޅުގައި ދައްކަމުންނެވެ. އެއްވެސް ލަދެއް ޙަޔާތެއް ނެތިއެވެ.

ދިވެހި ރައްޔިތުންގެ ޝުޢޫރުތަކަށް އެއްވެސް ބެލުމެއް ނެތިއެވެ. ޝަހީދުވި ޝަހީދުންނާއި އެބޭކަލުންގެ ޢާއިލާއާއި އައުލާދުންނަށް އެއްވެސް ވަރަކަށް އިޙުތިރާމު ކުރުމެއްވެސް ނެތިއެވެ. މުޅި ޤައުމު ކެކި އަރައަރައި އޮއްވައެވެ. ބާޣީ ލުޠުފީ ގެނެސް ކުޑަ ގޮޅިއެއް ލުމަށް މުޅިން ޤައުމުން އާދޭސް ކޮށްކޮށް އޮތްވައެވެ.

ނަމަވެސް، ދިވެހި ރައްޔިތުންނާއި، ދިވެހި ނޫސްވެރިންގެ ބުރަ މަސައްކަތުން، ސަރުކާރާއި މިދެންނެވި ސަރުކާރަށް ނިސްބަތްވާ ބައެއް މުރޫއަތްތެރިކަން ކުޑަ ބައިގަނޑަށް ޖެހުނީ، ކުޑަ ކަކޫ ޖަހައި، ބާޣީ ލުޠުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާށެވެ. އެ ނަގަން ޖެހޭ ހުއްދަތަކެއް ނަގާށެވެ.

ބާޣީ ލުޠުފީ ރާއްޖެ ގެނެވިފައި އެހުރީ އެއަށްފަހުއެވެ. ސަރުކާރުގެ މޮޅުކަމަކުން ނޫނެވެ. އަދި ސަރުކާރުގެ ހޯމު މިނިސްޓަރުގެ މޮޅުކަމުންވެސް ނުމެ ނޫނެވެ. ސަރުކާރަށް ވެގެން ވަންޏާމު، އޭނާ އަދިވެސް ހުރީހީ ލަންކާގައެވެ.

މިއީ ދިވެހި ރައްޔިތުންގެ މިންނެތް މަސައްކަތުން ކުރެވުނު ކަމެކެވެ. މިއީ ދިވެހި ނޫސްވެރިންގެ މިންނެތް މަސައްކަތުން ކުރެވުނު ކަމެކެވެ. މިކަމުގެ މެޑަލް ޙައްޤުވަނީ އެބޭފުޅުންނަށެވެ. ޝުކުރިއްޔާ ދިވެހި ރައްޔިތުންނޭވެ. ޝުކުރިއްޔާ ދިވެހި ނޫސްވެރިންނޭވެ. ތިޔަ ކުރެއްވި ހިތްވަރަށް އައްސަރި ބަހާއި ސާބަހެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...