ހޮނޑާފުށީގެ ދިވެހި މުވައްޒަފުންނަށް ތަފާތުތަކެއް ގެންގުޅޭކަމުގެ ތުހުމަތުތަކެއް!
ހދ.އަތޮޅުގައި ތްރީއޭ ކުންފުނިން ތަަރައްގީކޮށްގެން ހިންގަމުން ގެންދާ ހޮނޑާފުށި އައިލެންޑް ރިސޯޓްގެ ދިވެހި މުވައްޒަފުންނާއި މެދު ތަފާތުކުރުންތަކެއް ގެންގުޅޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ތިލަދުންމަތީގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމުގައިވާ "ތިލަދުން" އިން ރިޕޯޓްކުރާ ގޮތުގައި މި ރިސޯޓްގައި މަސައްކަތް ކުރަމުން ގެންދަނީ އެންމެ 20 ދިވެހި މުވައްޒަފުންނެވެ. ރިސޯޓްގެ މުވައްޒަފުންގެ ޖުމްލަ އަދަދަކީ 130 ކަމަށްވެއެވެ.
އެ ރިސޯޓުގެ މުވައްޒަފުންނާއި ހަވާލާދީ ތިލަދުންގައި ބުނެފައިވާ ގޮތުގައި އެތަނުގެ މުވައްޒަފުންނަށް ދިވެހި ކެއުންތައް ކެންޓީނުން ލިބޭގޮތް މެނޭޖްމަންޓުން ހަމަޖައްސާފައެއް ނުވެއެވެ. މީގެ އިތުރުން އެ މުވައްޒަފުން މައުލޫމާތު ދިންގޮތުގައި އެ ކެންޓީނުގެ ކައްކާއިން ހަރަކާތްތެެރިވަނީ ގައި ހަމައެކަނި އޭޕްރަންއަކުން ނިވާކޮށްގެންނެވެ.
މީގެ ސަބަބުން ކާތަކެތީގެ ސާފުތާހިރުކަމާއި އެކު މުވައްޒަފުން ވަނީ ސުވާލުއުފައްދާފައެވެ.

ރިސޯޓްގެ މުވަޒަފުން ވަނީ އެ ރިސޯޓްގެ މުވަޒަފުންގެ ބަދިގޭގައި ކެއްކުމުގައި ހަރަކާތްތެރިވާ ޕޮޓޯތައް ހިއްސާކޮށްފައެވެ.
މިކަމަށް ޖަވާބުދެއްވަމުން ހޮނޑާފުށި ރިސޯޓްގެ އެޗްއާރ މެނޭޖަރ ވިދާޅުވީ ކެއުމާއި ގުޅޭގޮތުން މިހާާތަނަށް އެއްވެސް ޝަކުވާއެއް ލިބިފައި ނުވާކަމަށެވެ.
އެ މުވައްޒަފުން ބުނިގޮތުގައި އެކަންކަން ރަނގަޅުކުރުމަށް މެނޭޖްމަންޓުން އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާ ކަމަށާއި، ހަޅުތާލުކޮށްފިނަމަ ވަޒީފާއިން ކަނޑާލާނެކަމުގެ ބިރު އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް