އިންޓަރނޭޝަނަލް ފުޑް ސަޕްލައިގެ އޮފީސް ފަޅާލައިފި
ރާއްޖެއަށް ގިނަ އަދަދެއްގެ ކާބޯތަކެތި އިމްޕޯޓްކުރާ އިންޓަރނޭޝަނަލް ފުޑް ސަޕްލައިގެ އޮފީސް ފަޅާލައި، ދެލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.
އެނގިފައިވާ ގޮތުގައި ފައިސާތައް ވަގަށް ނަގާފައިވަނީ އެ އޮފީހުގެ ތިޖޫރީންނެވެ. އެ ފައިސާތަކުގެ އަދަދު 234،923 ރުފިޔާއަށް އަރައެވެ.
މީގެ އިތުރުން އެ އޮފީހުގެ ވަތްގަނޑުގައި ހުރި ބައެއް ފައިސާތައްވެސް ވަނީ ނަގާފައެވެ.
މި މައްސަލަ ފުލުހުންގެ ފަރާތުން ދަނީ ތަހުގީގުކުރަމުންނެވެ.
ރަމަޟާން މަހަކީ އާންމު ގޮތެއްގައި ވައްކަމާއި ފޭރުން އިތުރުވާ މަހެއްކަމުން، ގޭގެޔާއި،ފިހާރަތަކާއި އޮފީސްތައް ފަދަ ތަންތަނުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް