އެސްއޯއެފް އަތުން ވިޔަފާރިއަށް ޑޮލަރު ގަތިން: މަހުލޫފް
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ އެސްއޯއެފް ކުންފުނިން ލިބިފައިވާ ކަމަށް ތަހުގީގު ރިޕޯޓުން ދައްކާ ޑޮލަރުތަކަކީ، ވިޔަފާރީގެ ބޭނުމަށް ގަތް ޑޮލަރުތަކެއްކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.
މަޚުލޫފް މިހެން ވިދާޅުވީ ދާދި ދެންމެއަކު ނެރުއްވި ބަޔާނެއްގައެވެ.
މަޚުލޫފް ވިދާޅުވީ އެސްއޯއެފްގެ ޚިޔާނާތުގެ ފައިސާ ދިޔަ އެކައުންޓްތަކުގެ ތެރޭގައި އޭނާގެ އެކައުންޓް އިންކަން ދާދިފަހުން އެނގުމުން އެ މައްސަލަ އޭސީސީއަށް ހުށައަޅުއްވާފައިވާކަމަށެވެ.
އެސްއޯއެފްެއާއި އެކު މުއާމަލާތްކުރެވުނީ މީގެ ފަސް އަހަރުކުރިން 2014ވަނަ އަހަރުގައިކަމަށް މަޚުލޫފް ވަނީ ފާހަގަކުރައްވާފައެވެ. އެއީ މަޚުލޫފްގެ އާއިލާއިން ދަޖީންސް ކިޔާ ފިހާރަ ހިންގިއިރުގައި، މަހުލޫފްގެ އެއްބަަފާ ކޮއްކޮ އަލީ މުބީން މެދުވެރިކޮށް ނަގުުދު ފައިސާ ދީފައި ޑޮލަރ ގަންނަން ކުރި މުއާމަލާތެއްކަމުގައިވަނީ އެބޭފުޅާ ވަނީ ފާހަަގަކުރައްވާފައެވެ.
އަދި އެ ޑޮލަރތައް މަހުލޫފްގެ އަމިއްލަ ޑޮލަރ އެކައުންޓަށް ޖަމާކޮށްފައިވަނީ ދަޖީންސް ފިހާރައިގެ ޑޮލަރ އެކައުންޓެއް ނެތުމުންކަމަށް މަޚުލޫފް ވަނީ ވިދާޅުވެފައެވެ.
މި މައްސަަލައިގައި ފާއިތުވެދިޔަ ދެ އަހަރު ތަހުގީގު ކުރިއިރުގައިވެސް އެ މައްސަލައިގައި މަޚުލޫފްއާއި ސުވާލުކޮށްފައިނުވުމުން އެބޭފުޅާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް