ސަންގު ޓީވީން ދެއްކި މަންޒަރުތައް އިސްލާމީ މިންގަނޑުތަކާ ޚިލާފު: އިސްލާމިކް މިނިސްޓްރީ
ސަންގުޓީވީން މިދިޔަ ބުރާސްފަތި ދުވަހު ދެއްކި ޑްރާމާއެއްގައި ހިމެނޭ އިޖްތިމާއީ މިންގަނޑާއި ޚިލާފް މަންޒަރުތަކަކީ އިސްލާމީ މިންގަނޑުތަކަށް ނުފެތޭ، އަދި މުޖުތަމަޢު ފަސާދަކުރާ ފަދަ މަންޒަރުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީންވެސް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީން މިދިޔަ ބުރާސްފަތި ދުވަހު ރޭ ދެއްކި "ރޯހާ" ޑްރާމާގައި ވަނީ އަންހެނަކާއި ފިރިހެނެއް ވަރަށް ގައިގޯޅިކޮށް އުޅޭ މަންޒަރު ދައްކާފައެވެ. އެއާއެކު އެތަކެއް ބައެއްގެ ފާޑުކިޔުން ވަނީ ސަންގު ޓީވީއަށް އަމާޒުވެފައެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ވިދާޅުވިގޮތުގައި މި ޑްރާމާގެ ޝަކުވާ އެ މިނިސްޓްރީއަށްވެސް ލިބިފައިވާކަމަށް ބުނެފައިވެއެވެ.
މިމައްސަލާހައި އެތައްބައެއްގެ ފާޑުކިޔުން ސަންގުޓީވީއަށް އަމާޒުވެފައި ވީނަމަވެސް މިހާތަނަށްވެސް ސަންގުޓީވީން އެކަމަށް މަޢާފަށް އެދިފައިނުވެއެވެ. މިއާއެކު ބްރޯޑްކާސްޓީންގ ކޮމިޝަނުން ވަނީ މިކަމަށް ޖަވާބު ދާރީވުމަށް ސަންގު ޓީވީއަށް އަންގާފައެވެ.
ބްރޯޑް ކޮމްއިން ބުނެފައި ވަނީ އެ ޑްރާމާގެ މަންޒަރުތައް ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާ ހިލާފަށް ބެލެވޭ ކަމަށްބުނެފައެވެ.
ބްރޯޑްކޮމް އަށް ހުށަހެޅި ޝަކުވާއާ ގުޅިގެން ސަންގު ޓީވީން އެ ކޮމިޝަނަށް ޖަވާބުދާރީވުމަށް އެންގީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ 2:00 ގެ ކުރިން ލިޔުމަކުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް