ކުއްޖަކު ވިހެއި ދަރިފުޅު ނިޔާވެއްޖެ!
15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު ނިޔާވެއްޖެކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިހާދިސާ ހިނގާފައިވަނީ ރާއްޖޭގެ ކޮން ރަށެއްގައިކަން ފުލުހުން ހާމަނުކުރެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހާމަކުރެއްވިގޮތުގައި ކުޑަކުއްޖާ ވިހެއި ދަރިފުޅު ނިޔާވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 7:10 ގައި ކަމަށެވެ.
މި މައްސަލާގައި ހިމެނެނީ ކުޑަކުއްޖެއްކަމުން އެކުއްޖާގެ ވަނަވަރު ފުލުހުން ހާމަނުކުރައްވައެވެ. އަދި އެކަން ނުކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރައްވައެވެ.
ފުލުހުން އަންނަނީ މިހާރު މިމައްސަލަ ތަހުޤީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް