ދެރަށެއްގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފި
ދެރަށެއްގެ ބަނދަރާއި ގުޅުންހުރި މަސައްކަތްކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާއި އެކު ސޮއިކޮށްފައިވަނީ މިއަދު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ.
މިއަދު ސޮއި ކުރެވިގެންދިޔައީ ލ.މައިބާދޫ ބަނދަރުގެ ނެރު ހެދުމުގެ އިތުރުން ށ.ކޮމަންޑޫގެ ބަނދަރު ހެދުމުގެ އެއްބަސްވުމުގައެވެ.
މާބައިދޫގެ މަޝްރޫއު ހަވާލުކުރީ 16.42 މިލިއަން ރުފިޔާ އަށް 120 ދުވަހުގެ މުއްދަތަށް ނިންމުމަށެވެ. އަދި އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 29.4 މިލިއަން ރުފިޔާ އަށެވެ.
ކޮމަންޑޫ މަޝްރޫއުގެ ދަށުން 12 މީޓަރު ބޭރު ތޮށި ޖެހުމާއި، 20 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 190 މީޓަރުގެ އެއްގަމު ތޮށި ހެދުމާއި، ބަނދަރުގައި ރޭމްޕެއް ހެދުމާއި އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓު ހެދުން ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް