އިސްރާއީލުން ލުބުނާނަށް ހަނގުރާމައިގައި ބޭނުން ކުރުން މަނާ ވައިޓް ފޮސްފަރަސް ބޮން އަޅަނީ!
ބައިނަލްއަގުވާމީ ގޮތުން ހަނގުރާމަ ތަކުގައި ބޭނުންކުރުން މަނާކޮށްފައިވާ ކެމިކަލް ހަތިޔާރެއްކަމަށްވާ ވައިޓް ފޮސްފަރަސް ބޭނުންކޮށްގެން، ލާއިންސާނީ އިސްރާއީލުން ލުބުނާނަށް ބޮން އަޅާފައިވާކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ލުބުނާނުގެ ދައުލަތުގެ މީޑިއާ އެޖެންސީން ރިޕޯޓްކުރި ގޮތުގައި، އިސްރާއީލުން ވަނީ ވައިގެ މަގުން އެގައުމުގެ އަވަށެއްކަމަށްވާ ކްފަރު ޝުބާ އަށް އަމާޒުކޮށް ހަމަލާދީފައެވެ. ފޮސްފަރަސް ހިމެނޭ ބޮންތަކުން ދިން މި ހަމަލާގެ ސަބަބުން އެގައުމުގެ ޖަންގަލީގައި ވަނީ އަލިފާން ރޯވެފައެވެ.
މީގެ އިތުރުންވެސް، އިސްރާއީލުގެ ޔަހޫދީ ފައުޖުން ވަނީ އެ ސަރަހައްދާއި ކައިރީގައިވާ އަލް-ޤަންތަރަ އަށް ވެސް ހަމަލާ އަމާޒުކޮށް، ބެއިރުތުގެ ދެކުނަށް ވެސް ހަމަލާ ދީފައެވެ.
މީގެ ކުރިންވެސް އިސްރާއީލުން މިއަހަރުގެ މާޗު މަހުވެސް ލުބުނާނަށް އަމާޒުކޮށް ވައިޓް ފޮސްފަރަސް ހިމެނޭ ބޮންތަކެއް އަޅާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް