8 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ފުށިދިއްގަރު ފަރަށް އަރައިފި
އަށް މީހުންނާއެކު ދަތުރުކުރި ލޯންޗެއް، ރަސްމާލެ ހިއްކަމުންދާ ފުށިދިއްގަރު ފަރަށް އަރައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، ރޭ 12:45 ހާއިރު ފުށިދިއްގަރު ފަރަށް ލޯންޗެއް އަރައި، އޭގައި ތިބި އަށް މީހުން ރައްކާތެރިކަމާއެކު މާލެ ގެނެވިފައިވާ ކަމަށެވެ.
އަދި އެ ފަރަށް އެރި ލޯންޗު ފުން ކުރުމުގެ މަސައްކަތް އެ އުޅަނދުގެ ވެރިފަރާތުން ކުރަމުންދާ ކަމަށާއި، އެ ޙާދިސާގައި ދެ މީހަަކަށް ކުދި އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް