މެންބަރ ރުކުމާ އެމްޑީީޕީން ވަކިވެއްޖެ
މިހިނގާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރ މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އެމްޑީޕީން ވަކިވެ ވަޑައިގަންނަވައިފިއެވެ.
ރުކުމާ ވަނީ މިކަން ޓްވިޓަރ މެދުވެެރިކޮށް ކަށަވަރުކޮށްދެއްވާފައެވެ.
ރުކުމާ ވިދާޅުވީ ފަހުރުވެރިވާ ސިޔާސަތުތަކާ އެކު ވުޖޫދިވި އެމްޑީޕީގައި އިހުލާތެރިންނާއި އަދާވާތްތެރިން ވަކިނުވާތީ ހިތާމަ ކުރައްވާ ކަމަށެވެ.
"ހިތާއި ރޫހުން އަދި ޖާނާއި މާލުން ގުރުބާންވި ޕާޓީ އެމްޑީޕީން އިސްތިއުފާ ދިން ސިޓީ އެމްޑީޕީގެ ސެކްރެޓޭރިއަޓްއާއި ހަވާލު މިކުރީ ހިތާމައާއި އެކު"، ރުކުމާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރުުކުމާ ވަނީ ނިމިދިޔަ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކޮށް ބަލިވެވަޑައިގަންނަވާފައެވެ. ޕާޓީން ވަކިވެ، ރުކުމާ އަމިއްލަގޮތުން ވާދަކުރައްވާނެކަން ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް