N/A
N/A
ހަބަރު 14 Mar 2019 | 02:31

އެޖެންޑާ 19- އަޅުގަނޑުމެންގެ ގައުމު މިގެންދަނީ އިގްތިސާދު ބަގްރޫޓްވި ގްރީސް ދިޔަމަގުންނެވެ؟

ރިޔާސީ އިންތިޚާބުގައި މިހާރު ވެރިކަންކުރާ އެމްޑީޕީން ދިވެހި ރައްޔިތުންނަށް ދައްކައިދިނީ ޖަޒީރާ ރާއްޖެއެއްގެ ކޮންސެޕްޓެކެވެ. އެކޮންސެޕްޓް ފުރިފައިވަނީ ފަސްއަހަރުގެ ރިޔާސީ ވައުދުތަކުންނެވެ. އެއަށްފަހު ހައެއްކަ މަސްފަހުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖަޒީރާ ކޮންސެޕްޓްގެ ވާހަކަ ބާއްވާފައި އާ ކޮންސެޕްޓެއް މިވަނީ ދައްކާފައެވެ. އެކޮންސެޕްޓްގެ ތީމަކީ އެޖެންޑާ 19 އެވެ.

އެޖެންޑާ 19 ގެތެރޭގައި ހިމެނެނީ ޖަޒީރާ ކޮންސެޕްޓް ކާމިޔާބުކުރުމަށް ރާވާފައިވާ އެޖެންޑާތަކެކޭ ބުނެއެވެ. އެޖެންޑާތަކުގައި ރިޔާސީ އިންތިޚާބުގައި ނެތް އައު ވައުދުތައް އެމްޑީޕީން ހުށަހަޅައެވެ. މިސާލަކަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދައިގެން ވެރިކަންކުރުމުގެ ނިޒާމަށް މަޖިލީހުގެތެރެއިން ބަދަލުގެނައުމެވެ. ޖުޑިޝަރީއަށް ގެންނަ ބަދަލުތަކުގެ ތަފްސީލެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅާއެއްގޮތަށް ފަރުމާކޮށް ޑިޒައިންކޮށް ކުރަހާފައިވާ އެޖެންޑާ 19، އެމްޑީޕީގެ ގްރާސްރޫޓް އެކްޓިވިސްޓުންނާހަމައަށް ތިލަކޮށް ރައްޔިތުންނަށް ދަނީ ހުށަހަޅައިދެމުންނެވެ. ވަރަށް ފަޚްރުވެރިކަމާއެކުއެވެ. އޭގައި ހިމެނޭ ކަންކަން ގިނަމީހުންނަކަށް ރަނގަޅަށް ފަހުމުވަނީ ކިހާވަރަކަށްކަމެއް ނޭގެއެވެ. ޕާޓީގެ ލީޑަރ ވިދާޅުވެދެއްވާ އެއްޗެއް ފިޔަވައެވެ.

އެހެންކަމުން ވެރިކަންކުރާ ޕާޓީން ރައްޔިތުންނަށް މިހުށަހެޅި އެޖެންޑާ އެނަލައިޒްކޮށް ކްރިޓިކަލް ވިސްނުމަކުން ވިސްނައި އެޖެންޑާގެ ދެފުށުގައިވާ ކަންކަން ވީހާބޮޑަށް ތިލަކޮށްލަދިނުމަކީ ކޮންމެވެސް އެއްބަޔަކު ކުރަންޖެހިފައިވާކަމެކެވެ.

އެޖެންޑާ 19 ގެ އުއްމީދުތައް

އެޖެންޑާ 19 އޭބުނަނީ އެކިއެކި ކަންކަން މަޖިލިސްގެތެރެއިންކުރަން އެމްޑީޕީން ހަދަންއުޅޭ 19 ގާނޫނަކަށް ނިސްބަތްކޮށެވެ. މިއެޖެންޑާގައި ހިމެނޭކަންކަމަށް ކުރުގޮތަކަށްބަލާނަމަ ތިރީގައި މިވާ ކަންކަމަކީ ރައީސް މުހައްމަދު ނަޝީދުގެ ކޮންމެ ކެމްޕެއިން އެއްވުމެއްގައި ފާހަގަކުރައްވާ ކަންކަމެވެ.

• މިނިވަންވޭޖް ކަނޑައެޅުން

• ކަރަންޓް ޔުނިޓެއްގެ އަގު 2.50 ރުފިޔާއަށް ކުޑަކޮށްދިނު

• ވަޒީފާނެތް މީހުންނަށް 4 ހާސް ރުފިޔާގެ އެލަވަންސެއްދިނުން

• ދަތުރުފަތުރުގެ ނިޒާމް ގާއިމުކުރުން

• މުސާރަބޮޑުކުރުން ( މިނިވަންވޭޖާއެކު )

• މީހުންދިރިއުޅޭ ގޭގޭގައި ފަތުރުވެރިން ބައިތިއްބައިގެން އާމްދަނީ އިތުރުކުރުން

މިނިވަންވޭޖް ނުވަތަ މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަމުސާރައިގެ ގޮތުގައި ދެވޭނެ މިންވަރު ކަނޑައެޅުމާއި، ވަޒީފާނެތް ދިވެހިންގެ ދަފްތަރެއް ރާއްޖޭގެ ހުރިހާ ރަށުކައުންސިލްތަކުގައި ބާއްވައިގެން ދިވެހިން ވަޒީތާތަކަށް ނަގަން އެމްޕްލޯޔަރުންނަށް ގާނޫނީގޮތުން މަޖްބޫރުވުމާއި އަދި ދަފްތަރުގައި ތިބޭ މީހުންނަށް ވަޒީފާއެއް ލިބެންދެން ކޮންމެ މަހަކު ދިވެހި ދައުލަތުގެ ބަޖެޓުން އެމީހުންނަށް 4000 ރުފިޔާގެ އެލަވަންސެއް ފޯރުކޮށްދެމުންދިޔުމާއި ޗީޕްލޭބަރުންގެގޮތުގައި ބިދޭސިން ލައްވައި މަސައްކަތްކުރުން ހުއްޓުވައި އެމީހުންނަށްވެސް ދޭންޖެހޭ އެކޮމެޑޭޝަނާއި ކަނޑައެޅިފައި އޮންނަ މުސާރަތަކާއި އިނާޔަތްތައް ފޯރުކޮށްދިނުމުގެ ގާނޫނީ ބާރުވެރިކަން ހިންގަންފެށުމާއި، ސްކޫލަށްދާ ކޮންމެ ކުއްޖަކަށް ހެދުނުގެ ނާސްތާ ދައުލަތުގެ ބަޖެޓުން ފޯރުކޮށްދިނުމާއި ދައުލަތުގެ ބަޖެޓުން ހިލޭ ޑިގްރީއަށް ކިޔެވުމާއި، ކަރަންޓް ޔުނިޓެއްގެ އަގު 2.50 ރުފިޔާއަށް ކުޑަކޮށްދިނުމާއި ކާޑުގެ ބާވަތްތައް އަގުހެޔޮކޮށްދިނުމާއި، ( ދައުލަތުގެ ބަޖެޓުން ފޯރުކޮށްދޭ ސަބްސިޑީތަކަކާއެކު) ފެރީގެ ނިޒާމަކުން އަނެއްކާވެސް ދަތުރުފަތުގެ ނިޒާމެއް ގާއިމުކުރުމާއި، ސްޓޫޑަންޓް ލޯންގެ އިންޓްރަސްޓް ކުޑަކޮށްދިނުމާއި، މަސްވެރިން ބާނާ މަހަށް ސަރުކާރުން ހަމައަގެއް އެމަސްވެރިންނަށް ފޯރުކޮށްދިނުމެވެ. މިނޫންވެސް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރައްޔިތުންނަށް ފޯރުކޮށްދޭނެ އެކިއެކި ޚިދުމަތްތަކުގެ ވާހަކަ އެޖެންޑާ 19 ގެ ތެރޭގައި ހިމަނާފައިވެއެވެ. މިކަންކަމަކީ އާދައިގެ ނިކަމެތި ރައްޔިތުމީހާ އިންތިހާއަށް އެދިއެދި ހުންނާނެކަންކަން ކަން ކަށަވަރެވެ. ވަރަށް އުފާވެރި އުއްމީދީ މަންޒަރެކެވެ.

ދެން އޮތީ ދައުލަތުގެ ބަޖެޓުން މިކުރާ ބޮޑު ހޭދަފޫބައްދަން ހުށަހަޅާފައިވާ ކަންތައްތަކެވެ. ބަޖެޓަށް އާމްދަނީ އިތުރުކުރަން އޮތް ހަމައެކަނި އިންސްޓްރުމަންޓަކީ އިންކަމްޓެކްސްއެވެ. ދެން އޮންނާނެ ހަތިޔާރަކީ ކުރިންވެސް ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާވިއްކައިލިގޮތަށް ވިއްކައިލުމެވެ.

އެޖެންޑާ 19 ގެ ޝައްކާއި ވަހުމްތައް

އެޖެންޑާ 19، ގައި ހިމެނޭ ކަންކަމަކީ މިހާރުވެސް ޑެފިސޓްކޮށް ނިމިގެންދާ ބަޖެޓް ނުވަތަ ދަރަނިވެރިވެފައި އޮންނަ ބަޖެޓް ފުންމިން އެގުމެއްނުވާ އަނދިރި ވަޅަކަށް ވެށްޓިގެންދިއުމެވެ. އަދި މިގޮތަށް މީހުން ރުއްސުމަށްޓަކައި ލިބޭ އާމްދަނީއަށް ބެލުމެއްނެތި އެތައް ބިލިޔަން ރުފިޔާއެއް، ސަބްސިޑީސްގެ ގޮތުގައި ބަހައިލުމަކީ އައިއެމްއެފުން ވަރަށް ބޮޑަށް ދެކޮޅު ހަދާނެކަމެކެވެ.

ރާއްޖޭގެ ހަތްދިހަހާސް ކުދިންނަށް ނުވަތަ އެއަދަދުގެ ދެބައިކުޅަ އެއްބައިކުދިންނަށްވިޔަސް ހެނދުނު ނާސްތާ ހަމަޖެއްސުމަކީ އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ހޭދަވާނެކަމެކެވެ. އެފައިސާ ހޯދާނީ ކޮންތާކުންތޯއެވެ. ވަޒީފާނެތް ދަފްތަރުގައި ތިބޭ ބޮޑެތި ސިންގާ މީހުން އެއްވެސް މަސައްކަތެއްނުކޮށް ދައުލަތުން ފޯރުކޮށްދޭ 4 ހާސް ރުފިޔާ ހޯދާނީ ކޮންތާކުންތޯއެވެ. މިނިވަންވޭޖްކަނޑައެޅުމުން ބޮޑުވެގެންދާ މުސާރައަށް ފައިސާ ހޯދާނީ ކޮންތާކުންތޯއެވެ.

ކަރަންޓް ޔުނިޓެއްގެ އަގު 2.50 ރުފިޔާއަށް ހަދައިގެން ގެއްލުންވާގޮތަށް ހިންގަން ދައުލަތުގެ ބަޖެޓުން ސަބްސިޑީކޮށްދޭ ފައިސާ ހޯދާނީ ކޮންތާކުންތޯއެވެ. އަވިންހަކަތަ އުފައްދައިގެން ކުރަންއުޅުމަކީ މުދުރު މުސްތަގްބަލެއްގައި ވާންހުރިކަންކަމެވެ.

ޚިޔާލަށް ގެންނަވާށެވެ. ސަރުކާރު މިހިންގަނީވެސް އިންޑިޔާއިން ލޯން ނަގައިގެން މުވައްޒަފުންނަށް މުސާރަދީގެންނެވެ. ސަރުކާރުގައި ތަރައްގީގެ މަޝްރޫއު ހިންގަމުން މުވައްޒަފުންނަށް މުސާރަދެވޭނެފަދަ ތަނަވަސްކަމެއް ނެތިގެންނެވެ.

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ހިންގައިދޭ އެކިއެކި ކުންފުނިތަކަށް މަސައްކަތުގެ އަގުގެ ގޮތުގައި ދޭންޖެހޭ އެތައް ސަތޭކަ މިލިޔަން ރުފިޔާއެއްގެ ބޮޑު ބިލެއް ފިނޭންސް މިނިސްޓްރީގައި އަބަދުވެސް އޮވެއެވެ. ދެން އޮންނާނީ ބޮޑެތި މަޝްރޫއުތަކަށް ބޭރުގައުމުތަކުން ނުވަތަ މާލީ އިދާރާތަކުން ނަގާފައިވާ އަދި ނަގާ ލޯންތައް އަބުރާދައްކަން ހޭދަކުރަމުންދާ ފައިސާ ހޯދުމެވެ. މިނިވަންވޭޖް ކަނޑައެޅުމުން ގައުމުގެ އިގްތިސާދު ހިފަހައްޓައިދޭ، ކިރިޔާ ދިރިދިރިއޮތް ޕްރައިވެޓް ސެކްޓަރަށް އަންނާނެ ބަދަލުތައް އަދި އަންދާޒާކުރަންވެސް ނޭގެއެވެ.

އެޖެންޑާ 19 ގެ ނަތީޖާއަކަށްވާނީ ކޮންކަމެއް؟

އަޅުގަނޑުމެންގެ ގާތުންނާއި ދުރުން މިސާލުތައް ނަގަމާތޯއެވެ. އަވަށްޓެރި ސްރީލަންކާއެވެ. ތަރައްގީވެފައިވާ ގައުމުތަކުގެތެރެއިން ޔޫރަޕްގެ ގްރީސްގެ މަތިން ހަނދާންވެއެވެ. ގްރީކް ސަރުކާރު ބަޖެޓުގެ އާމްދަނީއަށް ބެލުމެއްނެތި ކުރަމުންދިޔަ ދެކޮޅު ނުޖެހޭ ޚަރަދުތަކާއި ބޮރޯކުރަމުންދިޔަ ބޮޑެތި ލޯންތައް ނުދެއްކި ދަރަނިމައްޗަށް ދަރަނި ޖެހި، ގައުމުގެ އިގްތިސާދު ބަނގްރޫޓްވެ ރައްޔިތުން ބިކަހާލުގައި ޖެހި އެގައުމުގެ މަގުތަކަށް ރައްޔިތުންނުކުމެ ކުރި ބޮޑެތި މުޒާހަރާތަކެވެ.

އެދަތިހާލަށް ކެތްނުކުރެވިގެން އެތައް މިލިޔަން ބަޔަކު ގައުމުދޫކޮށް އެހެންގައުމުތަކަށް ހިޖުރަކޮށްފައިވެއެވެ. ގްރީސް ސަލާމަތްކޮށްދޭން ނުކުތީ މުއްސަނދި ޔޫރަޕްގެ އިއްތިހާދުންނެވެ. ތިން ފަހަރެއްގެމަތިން އައިއެމްއެފުން ދިން އެތައް ބިލިޔަން ޑޮލަރެއްގެ ލޯންތަކާއި އީޔޫގެ މާލީ ތަނަވަސްކަމުގެތެރެއިންނެވެ. އަޅުގަނޑުމެންތޯއެވެ.

ސްރީލަންކާގެ އިގްތިސާދު ފުންވަޅުގަނޑަކަށްވެއްޓުމުން އަވަށްތެރި ގައުމަކުން އަތްދިއްކޮށެއް ނުލިއެވެ. އެމީހުން އެބުރުނީ އަލުން ޗައިނާއާ ދިމާލަށެވެ. އަޅުގަނޑުމެންތޯއެވެ. ކަންމިހެންއޮތުމުން، ވެރިކަންކުރާ އެމްޑީޕީގެ އެޖެންޑާ 19 އިންފެންނަނީ 2008 ގެ ވެރިކަމާއެކު ކުރިމަތިވި ގައުމު ދަރަނިވެރިވުމާއި އިގްތިސާދު ބަގްރޫޓްވުމުގެ މަގަށް ގެންގޮސްދޭނެތަނެވެ. 2004 ވަނަ އަހަރުގެ ސުނާމީއަށްފަހު އިގްތިސާދަށް ކުރިމަތިވި ގެއްލުމަށްވުރެ ކުޑަނޫން ގެއްލުމެއް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އެޅި ފިޔަވަޅުތަކުން އިގްތިސާދަށް ކުރިމަތިވިއެވެ.

މިފަހަރުވެސް މިދަނީ ހުވަފެނީ އުއްމީދުތަކަކާއެކު އެމަގަށެވެ. އެހެންކަމުން އެޖެންޑާ 19 އަކީ، ރައްޔިތުންނަށް އުފާފާގަތިކަމާއި ތަނަވަސްކަންއިތުރުކޮށްދޭނެ، ތާހިރު ދިރިއުޅުމެއް ހޯދައިދެވޭނެ މިސްރާބަށް ފަރުމާކޮށްފައިވާ އެޖެންޑާއެކޭ ބުނެވޭކަށެއްނެތެވެ. ގައުމަށް އަންނަން އޮތް ބޮޑު މުސީބާތަކާއި އަދިރި ދުވަސްތަކަކުން ސަލާމަތްކޮށްދިނުމަށް ސިޔާސީ އެދުންވެރިކަންދޫކޮށް އެމްޑީޕީގެ ހަރުދަނާ އިލްމީ ސިކުނޑިތަކަކުން މިއެޖެންޑާ 19 ދިރާސާކޮށް ދެކޮޅުޖެހޭ އެޖެންޑާއެއް ސެޓްކުރަންޖެހެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...