ޑައިމަންޑް ޖުބްލީ މުބާރާތް ޕާކިސްތާނުން ކާމިޔާބުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދިވެހި ފުޓްބޯޅައަށް 75 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޑައިމަންޑް ޖުބްލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނު ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނު ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި އަފްޢާނިސްތާނާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ޕާކިސްތާނުން ކާމިޔާބުުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗްގައި އެންމެ ފުރަތަމަ ޕާކިސްތާނުން ލީޑް ނަގާފައިވަނީ ފުރަތަމަ ހާފްގެ ކުޅުމުގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ 24 ވަނަ މިނެޓް ތެރޭގައި ޝަޔާކް ދޯސްތެވެ. ޕާކިސްތާނުން ދެވަނަ ލަނޑު ޖެހީ ފަހު ހާފްގެ މެޗްގެ އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައެވެ. މި ލަނޑު ޖަހައިދިނީ ހާރޫނެވެ.

ޕާކިސްތާނުން މުބާރާތުގެ ތަށި އުފުލާލާފައިވާއިރު، އެޓީމުން މި މުބާރާތް ކާމިޔާބުކޮށްފައި މިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެކަން ފާހަގަކޮށްލެވެއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޕާކިސްތާނުގެ ފުރަތަމަ ލަނޑު ޖެހި ޝަޔާކް ހޯދިއިރު، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ ފައިނަލް މެޗްގެ ދެވަނަ ގޯލްޖެހި ހާރޫނެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ގެންދިޔައީ ޕާކިސްތާނުންނެވެ. އެއީ ޖާން މުޙައްމަދެވެ. މުބާރާތުގެ ޗެމްޕިއަންޓީމަށް ތަށި ހަވާލުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް