މާލެއިން ފެނުނު ބޮޑު ހަރުފަ ސިފައިންގެ ބެލުމުގެ ދަށަށް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލެއިން ފެނުނު ބޮޑު ހަރުފަ ސިފައިން ހިފައިފިއެވެ.
މި ހަރުފަ ފެނިފައިވަނީ މާފަންނު ތިލާކޮޅުގޯޅިން ކަމަށާ އެ ހަރުފަ މިހާރު ހިފާފައިވާ ކަމަށް ސިފައިން ބުނެއެވެ.
އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ސިފައިން ބުންޏެވެ.
ފެނުނީ ކޮން ވައްތަރެއްގެ ހަރުފައެއް ކަމެއް ނުވަތަ އޭގެ ބޮމިން ސިފައިން ހާމަކޮށްފައި ނުވި ނަމަވެސް ބެލެވޭ ގޮތުގައި އެއީ ޕައިތަން އާއިލާގެ ގާތް ގަނޑަކަށް 4-5 ފޫޓްގެ ހަރުފައެއް ކަމަށް ފެންނަ ފެނުމަށް ލަފާކުރެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް