މިއަހަރު ފަސް ޑޮމެސްޓިކް އެއާޕޯޓު ހުުޅުވާާނެ
މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ޑޮމެސްޓިކް އެއާޕޯޓު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި އަހަރުގެ ތެރޭގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މާފަރު، ޅ. މަޑިވަރު، އަދި ގދ. މާވަރުލު އެއާޕޯޓެވެ.
މީގެ ތެރެއިން އެންމެ އަވަހަށް ހުޅުވޭނެކަމަށް ބެލެވެނީ ކުޅުދުއްފުށީ އެއާޕޯޓެވެ. އެގޮތުން އެ އެއާޕޯޓުގެ ޓާމިނަލް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ރާއްޖޭގައި މިހާރު 12 އެއާޕޯޓެއް ހިންގަ އެވެ. އެއީ ހަތަރު އިންޓަނޭޝަނަލް އެއާޕޯޓާއި އަށް ޑޮމެސްޓިކް އެއާޕޯޓެވެ.
މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު އެއާޕޯޓުތަކެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި މިހާރު މަސައްކަތް ކުރަމުން އަންނަ ހއ. ހޯރަފުއްޓާއި ގދ. ފަރެސްމާތޮޑާ އެއާޕޯޓު ފާހަަގަކޮށްލެވެއެވެ.
ޕޮޓޯ: ހޭ ގެލަރީ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް