ރޯދަމަހުގައި ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9 އިން މެންދުރުފަހު 1 އަށް
މިއަަހަރުގެ ރަމަޟާން މަހުގައި ސަރުކާރުގެ ރަސްމީ ގަޑި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއުލާންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރަމަޟާންމަހުގެ ރަސްމީ ގަޑީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:00 އަށް ކަމަށެވެ.
މި ގަޑި ދެމިގެންދާނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލްމަހުގެ ހަތްވަނަ ދުވަހާއި ޖެހެންދެންނެވެ.
މިގޮތަށް ރޯދަމަހުގައި ސަރުކާރުގެ މަސައްކަތު ގަޑި ހަމަޖެއްސެވި އިރު، ސަރުކާރު އޮފީސްތަކުގައި މުވައްޒަފުންނަށް ނަމާދުުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް