ރައީސް ޔާމީނަށް ހުކުމްކުރުން މާދަމާ!
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގގެ މައްސަލައިގެ ހުކުމް ކުރުން މާދަމާ 1:30އަށް ތާވަލްކޮށްފިއެވެ.
މި މައްސަލަ ބެލުމަށް ހަމަޖެހިފައިވަނީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗްގައި ހިމެނި ވަޑައިގަންނަވަނީ އެ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ.
މީގެ ކުރިން މި މައްސަލަ ބައްލަަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސްގާާޒީ އަހުމަދު ހައިލަމް ވަނީ 60ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފައެވެ.
ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ ގއ.ވޮޑަމުއްލާގެ އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު އެއް މިލިޔަން ޑޮލަރު، އެސްއޯއެފް މެދުވެރިކޮށް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރެއްވިކަމަށް ތުހުމަތުކޮށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް