ޑރ.އަފްރާޝީމްގެ މަރުގެ ތަފްސީލްތައް ހާމަކުރަނީ
2012 ވަނަ އަަހަރުގެ ތެރޭގައި ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީގެ މަރުގެ ތަފްސީލްތައް ހާމަކުރުމަށް ތައްޔާރުވެއްޖެއެވެ.
ގެއްލުވާލެވިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ޑރ.ހުސްނުއްސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަރުގެ ތަފްސީލްތައް ކުރިއަށް އޮތް ހަފްތާތަކުގައި ކޮމިޝަނުން ހާމަކުރާނެކަމަށެވެ.
އެގޮތުން ޑރ.އަފްރާޝީމް މަރާލި މީހުންނާއި އެކަން ރޭވި ފަރާތްތައް ހާމަކުރާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ޑރ.އަފްރާޝީމްގެ މަރުގެ މައްސަލަ ދަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ތަހުގީގުކުރަމުންނެވެ.
މިއަދަކީ ޑރ.އަފްރާޝީމް މަރާލިތާ 7އަހަރު ފުރުނު ދުވަހެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް