މިނިވަންދުވަހާއި ގުޅިގެން މިއަހަރު ފުޅަނދުބުރު އޮންނާނެ!
މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވޭ ހަރަކާތްތަކުގެ ތެރެއިން ފުޅަނދުބުރު ބޭއްވުމަށް ނިންމައިފިއެވެ.
ހޯމް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ދެއަހަރުގެ މެދު ކެނޑުމަކަށްފަހު، މިއަހަރު ފުޅަނދުބުރު އޮންނާނީ މިމަހުގެ 27 ވާ ހޮނިހިރު ދުވަހުގައެވެ. އެގޮތުން މަޖީދީމަގު، ސޯސަންމަގު، އަމީރުއަހުމަދު މަގު، އަދި ބޮޑުތަކުރުފާނުމަގުގައި ފުޅަނދުބުރު ކުރިއަށްދާނެއެވެ.
އެފުޅަނދުބުރުގައި ބޭނުންކުރާ ފުޅަނދުތައް ޖުލައި 28 ވާ އާދިއްތަ ދުވަހުގެ ހަވީރާއި ރޭގަނޑު އާއްމުންނަށް ފެންނާނެހެން އިންޑަސްޓްރިއަލް ޒޯން ޞަރަހައްދުގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެެވެ.
އެންމެފަހުން މާލޭގައި ފުޅަނދުބުރެއް ބާއްވާފައިވަނީ 2015ވަނަ އަހަރު ފާހަގަކުރެވުނު މިނިވަން ފަންސާސްގެ މުނާސަބަތުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް