ދިނީ އިންޓަރވިއުއެއް ނޫން، މައްސަލައިން ތަނާޒުލްވާން ނުޖެހޭ: ގާޒީ އަލީ ރަޝީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގގެ ދައުވާ ބަައްލަވާ ބެންޗުން ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ތަނާޒުލްވާން ނުޖެހޭނެކަމަށް ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ އެ މައްސަލައިގައި މިއަދު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން ފަނޑިޔާރުންގެ ބެންޗުން ކުރި މަޝްވަރާއަށް ފަހުގައެވެ.
މި ބެންޗްގައި އިސްކޮށް އިންނަވާ ގާޒީ އަލީ ރަޝީދު ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނުން މީޑިޔާތަކަަށް އިންޓަވިއު ދިނުން މަނާ ކުރަނީ ތިން ކަމެއްގައި ކަމަށެވެ. އެއީ ސިޔާސީ ފަރާތަކަށް ރައްދު ދިނުމާއި، މީޑިޔާގައި ދެކެވޭ ވާހަކައަކަށް ރައްދުދިނުމުގެ އިތުރުން ބަލަމުންދާ މައްސަލައާއި ބެހޭ ގޮތުން ވާހަކަދެއްކުން ކަމަށެވެ.
ގާާޒީ އަލީ ރަޝީދު އެ މައްސަލަ ބައްލަވާ ބެންްޗްގައި އިނުމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ފަރާތުން ދެކޮޅު ހަދަމުން ގެންދިޔައީ އެއްވެސް ނުފޫޒެއް ފޯރާފައިނުވާކަމަށްބުނެ، ރާއްޖޭގެ އަމިއްލަ މީޑިޔާއަކަށް ދެއްވި އިންޓަރވިއުއަކާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެބޭފުޅާ ވިދާޅުވީ އެ މީޑިޔާއާއި ވާހަކަދައްކާފައިވަނީ އިންޓަރވިޔުއެއްގެ ނިޔަތުގައި ނޫންކަމަށެވެ.
"ފޯނުކޮށް ކުރި ސުވާލަކަށް ޖަވާބު ދޭން ޖެހޭ މިންވަރަށް ޖަވާބު ދިނީ. އެހެންވެ ފަސް ގާޒީން ނިންމީ ތަނާޒުލު ވާން ނުޖެހޭނެ ކަމަށް." ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް