އެމްޑީއެން އުވާލަން 45 ދުވަސް ނެގުމީ ލަދުވެތިކަމެއް: ޝައިޚް ސައުދާން
އިސްލާމްދީން ޙިމާޔަތްކުރުމަށްޓަކައި، ހުވާކޮށްގެން އައި ރައީސުލްޖުމްހޫރިއްޔާއަށް، އިސްލާމްދީނަށް ފުރައްސާރަ ކުރި ޖަމްޢިއްޔާއެއް އުވާލަން 45 ދުވަސް ނެގުމީ ލަދުވެތިކަމެއްކަމަށް އައްޝައިޚްް ޢަބްދުﷲ ސައުދާން ވިދާޅުވެއްޖެއެވެ.
ސައުދާން މިހެން ވިދާޅުވެފައިވަނީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައިއެވެ.
އެމްޑީއެންގެ މައްސަލައިގަ ގިނަ ޢިލްމުވެރިންތަކެއް އެއްވެ އުފައްދާފައިވާ ޢިލްމުވެރިންގެ ގުޅުމުގެ ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް ޢަބްދުﷲ ސައުދާން ވިދާޅުވީ މިހާގިނަ ދުވަހަށް މިކަން ދިގުދެއްމީތީ މިކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ތަޢުރީފުގެ ބަސް ޙައްޤުވެގެން ނުވާކަމަށް ޤަބޫލުކުރާކަމަށެވެ.
"އިސްލާމްދީން ޙިމާޔަތްކުރުމަށްޓަކައި، ހުވާކޮށްގެން އައި ރައީސުލްޖުމްހޫރިއްޔާއަށް، އިސްލާމްދީނަށް ފުރައްސާރަ ކުރި ޖަމްޢިއްޔާއެއް އުވާލަން 45 ދުވަސް ނެގުމީ ލަދުވެތިކަމެއް. މިހާގިނަ ދުވަހަށް މިކަން ދިގުދެއްމީތީ މިކަމުގައި މަނިކުފާނަށް ތަޢުރީފުގެ ބަސް ޙައްޤުވެގެން ނުވާކަމަށް ޤަބޫލުކުރަން" އައްޝައިޚް ޢަބްދުﷲ ސައުދާން ވިދާޅުވިއެވެ.
އެމްޑީއެން އުވާލުމަށް ސަރުކާރުން ނިންމާފައިވާއިރު ފުލުހުން ހިންގި ތަހުޤީގުން ވަނީ އެ ރިޕޯޓުގައި ދީނަށް ފުރައްސާރަކޮށްފައިވާކަމަށް ނިންމާފައެވެ. ނަމަވެސް އެ މައްސަލާގައި އެ ޖަމިއްޔާގެ ހަރަކާތްތެރިންނަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ވަނީ ނުކެޅިދިފައިއެވެ. އެގޮތުން އެ ޖަމިއްޔާގެ ވެރިޔާ ޝަހިންދާއައި އަޒްރާ ވަނީ ރާއްޖޭގައި ސަލާމަތްތެރިކަން ނެތްކަމަށްބުނެ ފުލުހަށް ހާޒިރުވުމަށް އިންކާރުކޮށްފައެވެ.
މީގެ އިތުރުން ސަރުކާރުގެ އިސްމަޤާމުތަކުގައި ތިބި ކުރީގެ އެމްޑީއެންގެ ވެރިން ވަކިކުރުމަށް ގޮވާލާ އެތައް ރަށެއްގައި މުޒާހަރާކޮށް އެއްވުން ބާއްވަމުން އަންނައިރު އަދިވެސް އެފަރާތްތަކަށް ފިޔަވަޅު ނާޅާއި، ސަރުކާރުގެ އިސްމަޤާމްތަކުގައި ތިބި ތިމުން ގިނަ ރައްޔިތުން އަންނަނީ ފާޑުކިޔަމުންނެވެ.
އެގޮތުން މިހާރުގެ ޕޮލިސް ކޮމިޝަނަރ ސީޕީ ހަމީދަކީ އެމްޑީއެންގެ ކުރީގެ ބޯޑް މެންބަރ އެއްކަމުން އޭނާވެސް އެ މަޤާމުން ވަކިކުރުމަށް އަންނަނީ ގޮވާލަމުންނެވެ.
މީގެ އިތުރުން އެމްޑީއެންގެ މެމްބަރުކަމުގައި ހުންނެވި ރައީސް އޮފީހުގެ އެންޓި-ޓެރަރިޒަމް ކޮންސަލްޓަންޓުގެ ގޮތުގައި މަސައްކަތް ކުރައްވާ ނޫޝަން ވަހީދު ވަނީ ރިޕޯޓުގެ މައްސަލަ ހޫނުވުމުން އެ ޖަމްޢިއްޔާއިން އިސްތިޢުފާ ދެއްވާފައެވެ. ނަމަވެސް އަދިވެސް އޭނާ ހުންނެވީ ރައީސް އޮފީހުގެ މަޤާމުގައި ކަމުން އޭނާ އެ މަޤާމުން ވަކިކުރުމަށް ވެެސް އަންނަީ ގޮވާލަމުންނެވެ.
އާންމުންގެ ޝުއޫރުތައް މިފަދައިން ހުރިއިރު ކުރިން ގޮވާލަމުން އައި ބޭން އެމްޑީއެންގެ ބަދަލުގައި މިހާރު އެފަރާތްތަކުން ގޮވާލަމުން އަންނަނީ އެމްޑީއެންގެ އިސްފަރާތްތަކަށް ފިޔަވަޅުއެޅުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް