އެއްމިލިޔަން ރުފިޔާގެ އަގުހުރި އިނާމާއި އެކު އެސްޓީއޯ ރޯދަ ޕްރޮމޯޝަން ފަށައިފި
އެއްމިލިޔަން ރުފިޔާގެ އަގުހުރި އިނާމާއި އެކު އެސްޓީއޯ ރޯދަ ޕްރޮމޯޝަން 2019 ފަށައިފިއެވެ.
މިއަދު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފަށްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އިއްޔެއިން ފެށިގެން މެއިމަހުގެ 16 ވަނަ ދުވަހާއި ހަމައަށެވެ.
އެސްޓީއޯ އިން މައުލޫމާތު ދޭގޮތުގައި މި ޕްރޮމޯޝަންގެ ދަށުން އެ ކުންފުނީގެ ހުރިހާ ފިހާރަތަކުން ހެޔޮ އަގުގައި މުދާ ގަންނަން ލިބޭނެއެވެ. އެގޮތުން މި ޕްރޮމޯޝަންގެ ތެރެއިން 30 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެއެވެ.
ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 500ރ. އިން މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް އެސްޓީއޯ އިން ދޫކުރާ ކޫޕަނުންނެވެ.
އެގޮތުން ޕްރޮމޯޝަން ބޮޑު އިނާމުގެ ގޮތުގައި އެއްވަނަ އަށް ހޮވޭ ފަރާތަކަށް 80،000ރ.ގެ އަގުހުރި އިނާމު ލިބޭއިރު، ދެ ވަނަ އަށް ހޮވޭ ފަރާތަކަށް 40،000ރ. އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 20،000ރ.ގެ އަގުހުރި އިނާމު ލިބޭނެ އެވެ.
އޭގެ އިތުރުން ފިލިޕްސް އެއާ ފްރަޔާ އެއް ގަތުމުން ފެން ހޫނު ކުރާ ޖަގެއް ހިލޭ ލިބޭނެ އެވެ. އަދި މަކިޓާ ބްރޭންޑްގެ 30،000ރ. އިން މަތީ ވިޔަފާރި ކުރާ ކޮންމެ މީހަކަށް ސަފްރައިޒް އިނާމުތަކެއް ލިބޭނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް