އެމްޓީޑީސީގެ އެމްޑީ ކަމަށާއި ޕީއެސްއެމްގެ ބޯޑަށް ބޭފުޅަކު އައްޔަންކުރައްވައިފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަދި ޕަބްލިކް ސާވިސް މީޑިއާއަ (ޕީއެސްއެމް) ގެ ބޯޑަށް މިއަދު ބޭފުޅަކު އައްޔަންކޮށްފި އެވެ.
އެގޮތުން ޕީއެސްއެމްގެ ބޯޑަށް ހއ. ހޯރަފުށީ، ދަނބުރުއްދޮށުގޭ އަލީ މިދުހަތު ހަމަޖައްސަވާފައިވާކަމަށާއި، އެމްޑީޑީސީގެ މެނޭޖިންޑިރެކްޓަކަށް ގއ. ދެއްވަދޫ، ކަރަންކާގޭ ތަޒްމީލް އަބްދުއްސަމަދު ހަމަޖައްސާފައިވާކަމަށް ޕްރައިވަޓައިޒޭޝަން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
އެދެބޭފުޅުންގެ ތެރެއިން ޕީއެސްއެމްގެ ބޯޑަށް ކަނޑައެޅި މިދުހަތު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސަންމީޑިއާގައި މަސައްކަތްކުރެއްވާފައެވެ. މީގެ އިތުރުން ރައީސް މައުމޫނާއެކު މަސައްކަތް ކުރައްވާ ބޭފުޅަކަށް ވާއިރު، އޭނާ ވަނީ މީގެ ކުރީގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް