ޖަޒީރާ ހޮޅުއަށި މިފަހަރު ގދ.ތިނަދޫގައި!
ސަރުކާރުގެ ސިޔާސަތުތަކާއި ބެހޭގޮތުން އާންމުންނަށް މައުލޫމާތު ހިއްސާކޮށް، އެފަރާތްތަކުގެ ޚިޔާލު ހޯދުމަށް ބާއްވާ ޖަޒީރާ ހޮޅުއަށި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ތިންވަނަ ބައްދަލުވުން ގދ.ތިނަދޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
މިކަން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ޓްވިޓަރ މެދުވެރިކޮށް އިއުލާންކުރައްވާފައެވެ.
ހޫދު ވިދާޅުވީ މަސްކަނޑުތަކުގެ ނަފާ ދިވެހި މަސްވެރިންނަށް ފުރިހަމައަށް ހޯދައިދިނުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. މިކަން ހާސިލްކުުރުމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވާ ޖަޒީރާ ހޮޅުއަށި ތިނަދޫގައި އޮންނާނެކަމަށް ހޫދު ވިދާޅުވިއެވެ.
މި ބައްދަލުވުން އޮންނާާނީ 12ޖުލައި 2019ވާ ދުވަހުގެ 20:30ގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް