ރަޖިސްޓާ އޮފް ކޮމްޕެނީސްގެ މަގާމުން ވިސާމް އިސްތިއުފާ ދެއްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރެޖިސްޓްރާ އޮފް ކޮމްޕެނީސް, މަރިޔަމް ވިސާމް އިސްތިއުފާ ދެއްވައިފި އެވެ.
މި މަހުގެ ފުރަތަމަ ދުވަހު، މަގާމުން އިސްތިއުފާ ދެއްވިކަން އެކަމަނާ ވަނީ ވޮއިސްއަށް މިރޭ ޔަގީން ކޮށްދެއްވާފަ އެވެ. އިސްތިއުފާ ދެއްވީ ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރެއްވުމަށް ވަގުތު ހުސްކުރެއްވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ވިސާމް ވަނީ ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުގައި 11 އަހަރު ޚިދުމަތް ކުރައްވާފަ އެވެ.
އެކަމަނާ ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ އިސް މަގާމުތައް ފުރުއްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް