ކަނޑުފޯރި މަސް ރޭސްގެ ޕޯސްޓަރެއް/ ފޮޓޯ: ސޮނީ ފިޝިން
ކަނޑުފޯރި މަސް ރޭސްގެ ޕޯސްޓަރެއް/ ފޮޓޯ: ސޮނީ ފިޝިން
ވިޔަފާރި 07 Feb 2023 | 09:01

ސޮނީ ފިޝިންގެ "ކަނޑު ފޯރި" މަސް ރޭސް މި މަހު 18 ގައި!

ސޮނީ ފިޝިންގެ "ކަނޑު ފޯރި" މަސް ރޭސް މި މަހުގެ 18 ގައި ބާއްވަން ނިންމައިފި އެވެ.

ތަފާތު ގޮތަކަށް ކުރިއަށް ގެންދާ މި މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ދެ ކަޓަރަގީއަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "ކަނޑު ފޯރި" މަސް ރޭހުގައި މި މަހުގެ 15 ގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެ އެވެ. މި މަސް ރޭހުގެ ކެޓަގަރީތަކަކީ ސްޕޯޓްސް ފިޝިންއާއި އަތުނަނުގެ މަސްވެރިކަމެވެ.

ކަނޑު ފޯރީގެ ނަމުގައި ކުރިއަށް ގެންދާ މަސް ރޭހަކީ ސޮނީ ފިޝިންއާއި ޔުނިކްސް ސްޕޯޓްސް ގުޅިގެން ހަދާފައިވާ "ކަނޑު ފޯރި" ވާޗުއަލް ފިޝިން އެޕް ލޯންޗު ކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

އެގޮތުން މި މުބާރާތުގައި "ކަނޑު ފޯރިި" އެޕް ދައްކާލުން އޮންނާނެއެވެ. މި މަސްރޭހުގައި ބާނާ ބަސް ކަނޑު ފޯރި އެޕް ބޭނުންކޮށްގެން ބައިވެރިންގެ އަމިއްލަ ޕްރޮފައިލަށް އަޕްލޯޑުކޮށް ޕޮއިންޓު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

"ކަނޑު ފޯރި" މަސް ރޭހުގެ ފުރަހަމަ ރޭހުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާގެ އިނާމުތައް ވަނީ ހުށައަޅާފައެވެ. މި މުބާރާތުގައި ސްޕޯޓްސް ފިޝިން ކެޓަގަރީއިން އެއްވަނަ ލިބޭ ފަރާތައް 15000 ރުފިޔާގެ ފައިސާގެ އިނާމާއި 10000 ރުފިޔާގެ ގިފްޓު ވައުޗާއެއް  ލިބޭނެއެވެ.

އޭގެ އިތުރުން އަތުނަނުގެ ކެޓަގަރީއިން އެއްވަނައަށް ދާ ފަރާތަކަށް 10000 ރުފިޔާއާއި 5000 ފުރިޔާގެ ގިފްޓު ވައުޗާއެއް ވަނީ ހުށައަޅާފަ އެވެ.

ކަނޑު ފޯރި މަސްރޭހާއި ގުޅޭ މައުލޫމާތު ހިމެނޭ ޕޯސްޓަރެއް

މަސް ރޭސް އިންތިޒާމުކުރާ ޔުނިކްސް ސްޕޯޓްސްއިން މައުލޫމާތު ދިން ގޮތުގައި ކަނޑު ފޯރީގެ ފުރަތަމަ މަސް ރޭހުގައި "ކަނޑު ފޯރި" އެޕާއި ގުޅޭގޮތުން މަސްވެރިކަމުގައި އުޅޭ ގިނަ ފަރާތްތަކަށް މައުލޫމާތު ދެވޭނެ އެވެ.

ކަނޑު ފޯރީގެ ފުރަތަމަ ރޭހަށްފަހު ކޮންމެ މަހަކު ރޭހެއް ބާއްވަން ނިންމާފައިވާއިރު، ކުރިއަށް އޮންނަ މުބާރާތްތަކުގައި އޮންލައިންކޮށް ބައިވެރި ވެވޭނެއެވެ.

އެގޮތުން ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އެޕް ބޭނުންކޮށް މަސްރޭހުގައި ބައިވެރިވެގެން ޕޮއިންޓު ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ކަނޑައެޅިފައިވާ އިނާމުތައްވެސް ހޯދޭނެއެވެ.

ޔުނިކްސް ސްޕޯޓްސްއިން ބުނީ އޮންލައިން އެޕެއް ބޭނުންކޮށް މަސް ރޭސް ބޭއްވުމުގެ އެންމެ މުހިންމު ބޭނުމަކީ ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ހިތްވަރުދިނުން ކަމަށެވެ.

މަސް ހިފައިގެން ކިރަން އަންނަ އުސޫލަށް ނިނުމަކަށް ގެނެސް "ކަނޑު ފޯރި" މަސް ރޭހުގެ ބައިވެރިންނަށް ފޮޓޯ ނަގާ އަޕްލޯޑު ކޮށްލައިގެން ވެސް ޕޮއިންޓު ހޯދޭނެއެވެ.

އެހެންކަމުން ކަނޑު ފޯރި މަސް ރޭހަކީ ސްޕޯޓްސް ފިޝިންއާއި އަތު ނަނުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ރަނުގެ ފުރުސަތަކަށް ވާނެއެވެ.

މިރޭހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓްރީވުމަށް  7236176ނަންބަރާ ގުޅުއްވާ މައުލޫމާތު ސާފުކުރެވޭނެ އެވެ. އަދި www.kandufoari.com އަށް ޒިޔާރަތްކޮށްލައްވާ ރަޖިސްޓްރޭޝަން ފުރިހަމަ ކޮށްލެވޭނެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް