ޓައިގާ ޝާކް ޕޮއިންޓަށް ޑައިވިން އަށް ދިޔަ ފަތުރުވެރިއަކު ނިޔާވެއްޖެ
ޓައިގާ ޝާކް ޕޮއިންޓަށް ޑައިވިން އަށް ދިޔަ ފަތުރުވެރިއަކު ހާލުދެރަވެގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ ޓައިގާ ޝާކު ޕޮއިންޓަށް ޑައިވިން އަށް ދިޔަ ފަތުރުވެރިއަކު ޑައިވިން ނިންމައި، ދޯންޏަށް އެރި ފަހުން ހާލުދެރަވުމާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު 11:26 ގައި މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި، ނިޔާވެފައިވަނީ ޗައިނާ އަށް ނިސްބަތްވާ 70 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އަންނަނީ މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް