ރަސްމީ ދަތުރުފުޅެއްގައި ޑރ.ޝަހީމު ޗައިނާއަށް ފުރާވަޑައިގެންފި
ރަސްމީ ދަތުރުފުޅެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަ ކުރެއްވި ގޮތުގައި، ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުގެ މި ދަތުރުފުޅަކީ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ޗައިނާ-ޔޫރޭޝިއާ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން 28 ޖޫންގެ ނިޔަލަށް ޗައިނާގެ ސިންޖިއަން ރީޖަންގެ އުރުމްގީގައެވެ.
އެކްސްޕޯގައި ބައިވެރިވުމުގެ އިތުރުން، މިދަތުރުފުޅުގައި ޑރ.ޝަހީމް ޗައިނާގެ މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީ ތަކަށް ޒިޔާރަތް ކުރާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.
މި ދަތުރުފުޅުގައި ޑރ.ޝަހީމާއެކު ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.މުހައްމަދު ޝުޖާއު އަބްދުލް ހަކީމްވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް