ދިވެހި ހައްޖާޖީންގެ އިސް ޝެއިހަކަށް މުތީއު ހަމަޖައްސައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މި އަހަރުގެ ދިވެހި ހައްޖުވެރިންގެ އިސް ޝެއިހަކަށް އައްޝައިހް މުޠީޢު އިސްމާއީލް މުހައްމަދު ހަމަޖައްސާ އެކަން އިސްލާމިކް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.
ދިވެހި ހައްޖުވެރީންގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާނެ ޝެއިހަކަށް ކޮންމެ އަހަރަކު ކަނޑައަޅަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ދިވެހި ހައްޖުވެރިންގެ އިސް ޝެއިޚަކަށް އައްޝައިޚް މުޠީޢު އިސްމާއީލް މުހައްމަދު ހަމަޖައްސާފައިވާ ކަމަށެވެ.
އޭނާ އަކީ އިސްލާމިކް މިނިސްޓަރުގެ ނާއިބުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ދިވެހިރާއްޖެއިން މި އަހަރު ވެސް 1000 މީހުން ހައްޖުގެ އަޅުކަމަށް ދެ އެވެ. އޭގެ ތެރެއިން ފުރަތަމަ ގުރޫޕް މިއަދު ވަނީ ފުރާފަ އެވެ. އެއީ 235 މީހުންނެވެ. ދެވަނަ ގުރޫޕް މާދަމާ ފުރާނެ އެވެ. ތިންވަނަ ގުރޫޕް މި މަހުގެ 29 ވަނަ ދުވަހު ފުރާއިރު ފަހު ގުރޫޕް ފުރާނީ 30 ވަނަ ދުވަހު އެވެ.
މި އަހަރު ދިވެހި ހައްޖާޖިން ދަތުރުކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ސައުދީގެ ގައުމީ އެއާލައިން ސައުދިޔާ ގަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް