ގާނޫނު އަސާސީގެ ދިފާޢުގައި ކަމަށްބުނެ އެމްޑީޕީން ބޮޑު ޖަލްސާއެއް، އަންގާރަ ދުވަހު ބާއްވަނީ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ގާނޫނުއަސާސީން ކަށަވަރުކޮށްދޭ މިނިވަންކަމާއި އަސާސީ ހައްގުތަކުގެ ދިފާއުގައި ކަމަށް ބުނެ އިދިކޮޅު އެމޑީޕީން ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން“ ނަމުގައި ބާއްވާ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ އަންގާރަ ދުވަހުގެރޭ 20:30 ގައި ކާނިވާ ސަރަހައްދުގައެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުން، މި ޖަލްސާއަކީ ގިނަ ބައެއްގެ މަސައްކަތުން ހޯދި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް މި ސަރުކާރުން ނިގުޅައިގަންނަމުން ދާތީ އެކަމާ ދެކޮޅަށް އަޑުއުފުލަން ބާއްވާ ޖަލްސާއެކެވެ.
މިއީ އެމްޑީޕީގެ ވެރިކަން ބަދަލުވިފަހުން ބޭއްވޭ ބޮޑު ފުރަތަމަ ޖަލްސާއެވެ.
އެމްޑީޕީން ވަނީ އެންމެހާ ރައްޔިތުންނަށް މި އެއްވުމަށް ދައުވަތު އަރުވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް