އައްޑޫގައި، ކުނި އުކާލަން ދިޔަ މީހަކު، މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އައްޑޫ ސިޓީ ފޭދޫގައި، މިއަދު ހެނދުނު ކުނި އުކާލަން ދިޔަ ބިދޭސީއަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، އައްޑޫ ސިޓީ ފޭދޫގައި، މިއަދު ހެނދުނު ކުނި އުކާލަން ދިޔަ ބިދޭސީ ފިރިހެނަކު، ޚަބަރެއް ނުވެގެން ހޯދަމުންދަނިކޮށް، މޫދުގައި އޮއްވާ ފެނުނު ކަމަށް 9:40 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އެމީހާ މަރުވެފައިވާ ކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް