މިރެއިން ހައިވޭއާއި ބްރިޖްގައި ދުއްވޭނީ ހެލްމެޓް އަޅައިގެން
މިރޭ 12ގެ ފަހުން ބްރިޖާއި ހައިވޭގައި ދުއްވޭނީ ހެލްމެޓް އަޅައިގެންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ހެލްމެޓް ނާޅައިގެން ޖޫރިމަނާ ނުކުރިނަމަވެސް، ގަވައިދަށް ނުފެތޭ ހެލްމެޓް އަޅައިގެން ބްރިޖަށް އަރާ މީހުންގެ ނަން ނޯޓް ކުރުން ފަދަ ކަންކަން ފުލުހުން ކުރާނެ ކަމަށެވެ.
30 ކިލޯ މީޓަރަކަށް ވުރެ ބާރަށް ދުއްވުމުގެ ހުއްދަ އޮންނަ ތަންތަނުގައި ހެލްމެޓް އަޅަންޖެހޭނެކަމަށް އާދިލް ވިދާޅުވިއެވެ. އެގޮތުން ރިންގް ރޯޑް، ބްރިޖް ހައިވޭ އަދި ބްރިޖްގައި ހައިވޭ އަޅަންޖެހޭނެކަމަށް އާދިލް ފާހަގަކުރިއެވެ.
ހެލްމެޓް އެޅުުމުގެ ގަވާއިދަށް އަމަލުނުކުރާ ފަރާތްތައް ޖޫރިމަނާ ކުރަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.
މި ގަވާއިދާއި ޚިލާފުވެއްޖެނަމަ ފުރަތަމަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ދެވަނަ ފަހަރަށް 750 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ދެފަހަރަށްވުރެ ގިނަވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރާގޮަތަށް ގަވާއިދުގައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް