އެމްޑީޕީ ސަރުކާރަކީ ބިނާކުރާ ސަރުކާރެއް: ނަޝީދު
އެމްޑީޕީގެ ސަރުކާރަކީ އަކީ ބިނާކުރުމުގެ މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރަޝީދުގެ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ މިއަދުގެ ސަރުކާރުން އައްޑޫ ސިޓީގައި ތަފާތު އިމާރާތްތައް ބިނާކުރާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ފަސްއަހަރަށްފަހު އަނެއްކާވެސް ޕީޕީއެމްގެ ސަރުކާރެއް އައިސްފިނަމަ އެއިމާރާތްތައް ތަޅާލަން މަސައްކަތްކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުން މީގެ ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ކަންކަން ހަލާކުކޮށްލަން އެއްވެސް ވަރަކަށް މަސައްކަތް ނުކުރާނެ ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
އަދި މިއަދުގެ ސަރުކާރުން އެއްވެސް ތަނެއް ނުތަޅާނެ ކަމަށާއި އަބަދުވެސް، މަސައްކަތްކުރާނީ ތަންތަން ބިނާކޮށް ކުރިއަރުވާ ތަރައްގީ ކުރުމަށް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތަސައްވުރުގައި އެންމެ ފުޅާމިނަށް ހިތަދޫގެ ތަރައްގީގެ ކަންކަންކުރިއަށް ގެންދާނެކަމަށެވެ. އަދި އިންތިޚާބާއި ދިމާކޮށް ހިތަދޫ ރައްޔިތުންނަށް ދަޅައެއް ދެއްކުމަށް އެއްވެސް ވާހަކައެއް އެރަށުގެ ރައްޔިތުންގެ ގާތުގައި ބުނަން ނުޖެހޭނެކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަދި ކުރީގެ ރައީސް ނަޝީދު އައްޑޫއަށް ވަޑައިގެން އެސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ބައެއް ކެނޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ވަނީ އިފްތިތާހުކުރައްވާފައެވެ. އަދި މިސަރުކާރުގައި އައްޑޫސިޓީގެ ރައްޔިތުންނަށް ގިނަ ކަންތައްތައް ކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް