N/A
N/A
ހަބަރު 08 Mar 2019 | 09:24

އަމިއްލަ ކެންޑިޑޭޓުންނާ ދެކޮޅަށް އެންޓިކެމްޕެއިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ ގޮތުން ވާދަކޮށް ކެމްޕެއިން ކުރަމުންދާ ކެންޑިޑޭޓުންނާ ދެކޮޅަށް ހިންގާ އެންޓި ކެމްޕެއިން ހަރަކާތްތަކެއް މާލެތެރެއިން ފެންނަން ފަށައިފިއެވެ. އެގޮތުން މާލެތޭރޭގައި އަމިއްލަ ކެންޑިޑޭޓުންގެ އަގު ވަށްޓާލުމަށާއި ރައްޔިތުންގެ ހިތުގައި އެމީހުންނަކީ އެއްވެސް އަގެއް ނެތް ބައެއްކަން އަނގައިދޭ ލިޔުންތައް ލިޔެ ބެނާތަށް ހަރުކުރުންފަދަ ކަންކަން ދަނީ ފާހަގަ ކުރެވެމުންނެވެ.

އެއް ބެނާއެއްގައި ރައީސް ނަޝީދު ވިދާޅުވާކަމަށް ލިޔެފައި ވެއެވެ. " އަމިއްލަގޮތުން މަޖިލީހަށް ހޮވޭ މެމްބަރުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ" މިބެނާއާއިމެދު ވާހަކަދެއްކި އެކަކު ބުނެފައި ވެއެވެ. އެބެނާގައިވަނީ ތެދު ހަގީގަތެވެ. އެހެންމީހަކުބުންޏެވެ. އަމިއްލަގޮތުން މަޖިލީހަށް ހޮވުނަސް މަޖީލީހުގައި މައްސަލަތަކާއިމެދު ދާއިރާގެ ރައްޔިތުންގެ އަޑު އުފުލައި ވާހަކަ ދައްކައި ބިލްތަކަށް ވޯޓްދެވޭނެ ނޫންހެއްޔެވެ. ތަފާތަކީ ޕާޓިން އަންގާހައިގޮތަކަށް އެއީ ކަނޑައެޅިގެން ނުބައެއް ހިމެނޭކަމަކަށްވިޔަސް ވޯޓްދޭން މަޖްބޫރު ހާލަތަކަށް އަމިއްލަ ކެންޑިޑޭޓް ނުދިއުމެވެ.

ކުރީގެ ރައީސުންނަށްވެސް މަޖީލީހަށް ކުރިމަތިލުމުގެ ހައްގު މިހާރު އޮނައިރު އަމިއްލަ ކެންޑިޑޭޓުންނަކީ އެއްވެސް އަގެއް ނެތް ބަޔެއްކަމަށް ބުނުމަކީ ވަރަށް ބޮޑު އެތިކަލް މައްސަލައެއް ކަމަށް ބައެއް މީހުން ދެކެއެވެ.

އަމިއްލަ ކެންޑިޑޭޓުންގެ ވީކްނަސްވެސް މީހުން ފާހަގަ ކުރެއެވެ. ޕާޓީގެ ނުވަތަ ވަކި މީހެއްގެ އަޅަކަށް ނުވިޔަސް ވޯޓަކާއިޖެހޭއިރު އޮންނަނީ ބިޑް ހުށަހެޅި މެމްބަރުން ލާރީގައި ޖެހިފައެވެ.

ސޯޝަލް މީޑިއާގެ ހަރަކާތްތަކުގެތެރެއިން އެހެން ކަމެއްވެސް ފާހަގަ ކުރެވެއެވެ. އެއީ "މަގޭ އެމްޕީ" އޭ ކިޔައިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ހިންގާ ކެމްޕެއިނެކެވެ. އެކެމްޕެއިންގައި މީހުންނަށް އެހީތެރިވެދޭން މަސައްކަތްކޮށްފައި ހުންނަނީ ކަޅުފައިސާއާއި ކަރޮޕްޝަންގެ ތުހުމަތުން ފަސްބައި ހަޑިވެފައިނުވާ އެމްޕީއަކު އެމީހަކު ނިސްބަތްވާ ދާއިރާއިން ފާހަގަކުރާނީ ކިހިނެއްކަން ބުނެދިނުމަށެވެ.

އެކަމަކު އެކެމްޕެއިން ހިންގާއިރު މިދިޔަ މަޖްލިސް އިންތިޚާބުގައިވެސް މީހުން ގިނައިން ހޮވީ ފަސްބައި ހަޑިނޫން ކެންޑިޑޭޓުންނެވެ. ފަސް އަހަރު ނިމޭއިރު އެހުރިހައި އެންމެންކަހަލަ ގޮތަކަށް އެތިބީ ހޯދި ލާރިތަކުން މުއްސަނދިވެފައެވެ. މިއަދު މިލިޔަން ރުފިޔާ ކެމްޕެއިންއަށް ހޭދަނުކުރާ ކެންޑިޑޭޓަކު ނެތެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...