އައްޑޫ ހައި ސްކޫލުގައި ހަމަނުޖެހުން ހިންގި ދަރިވަރު ޓީޗަރަކަށް ބުލީ ކުރަނީ:
އައްޑޫ ހައި ސްކޫލުގައި ހަމަނުޖެހުން ހިންގި ދަރިވަރު ޓީޗަރަކަށް ބުލީ ކުރަނީ:
ހަބަރު 14 Dec 2025 | 03:34

ޓީޗާސް އެސޯސިއޭޝަން ހޭލައިފި؛ ގޯސް ކުރީ އައްޑޫ ހައި ސްކޫލުގެ އިސްވެރިން

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މިދިޔަ ބުދަ ދުވަހު އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރަކާ ދެމެދު ހިނގައިދިޔަ ހަމަނުޖެހުމަކީ، އެ ސްކޫލުގެ މެނޭޖްމަންޓް ފެއިލްވެފައި އޮތުމުގެ ސަބަބުން ހިނގާފައިވާ ކަމެއް ކަމަށް ޓީޗަރުންގެ އެސޯސިއޭޝަނުން ބުނެފިއެވެ.

އައްޑޫ ހައިސްކޫލް މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ޓީޗާސް އެސޯސިއޭޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، އެއް ދަރިވަރެއްގެ ހައްގު އޮންނަ ފަދައިން ކްލާސްރޫމްގައި ތިބި ބާކީ ތިބި ދަރިވަރުންގެ ހައްގުވެސް އޮންނާނެ ކަމަށާއި، ދަރިވަރުންގެ ހައްގުގައި ތެދުވާ ޓީޗަރަކު ފަޟީހަތްކޮށް ބަދުނާމުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އެފަދަ މައްސަލަތައް ރަނގަޅަށް ނުބަލައި ޓީޗަރަށް އަދަބު ދިނުމުގެ ސަބަބުންނާއި، ދަރުވަރުންގެ ފަރާތުން ދިމާވާ މިފަދަ ކަންކަމަށް ފިޔަވަޅު ނާޅައި ދޫލޮށްލުމުގެ ނަތީޖާއަކަށް ވަނީ ތައުލީމީ ދާއިރާއަށް ލޯބިކުރާ އެތައް ޓީޗަރުންނެއް ދާއިރާ ދޫކޮށް، ދާއިރާ ދެކެ ފޫހިވުން ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ޓީޗަރުންގެ އެސޯސިއޭޝަނުން އިތުރަށް ބުނީ، މީގެ ކުރިންވެސް އައްޑޫ ހައި ސްކޫލުގައި ޓީޗަރުންނަށް އުނދަގޫކުރުމާއި ހަނގާކުރުމުގެ މައްސަލަތައް ފެންމަތިވެފައިވާ ކަމަށާ އެފަދަ ކަންކަމަކީ އެ ސްކޫލުގައި އާންމު ކަމެއް ކަމަށް، އެ އެސޯސިއޭޝަނުން ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

"އަދި މި ކަމަކީ އެ ސްކޫލުގައި އާންމު ކަމަކަށްވެ، ދަރިވަރުންނަށް އެއްވެސް ފިޔަވަޅެއް ނޭޅި ދިއުމުގެ އާޚިރު ނަތީޖާއަކަށް މިވީ، ޓީޗަރަކު ސްޓްރެސްވެ، އެހެން ދަރިވަރުންގެ ހައްގުގައި ކުރި މަސައްކަތަކުން ނުވަތަ ކުރެވުނު ކަމަކުން އެ ޓީޗަރަށް އަދަބު ލިބި ސޯޝަލް މީޑިއާގައި ފަޟީހަތްވުން،" އެސޯސިއޭޝަނުން ބުންޏެވެ.

މިއާއެކު އެ އެސޯސިއޭޝަނުން ބުނީ ދަރިވަރުންގެ ފަރާތުން ދިމާވާ މިފަދަ ކަންކަމަށް މެނޭޖުމަންޓުން ފިޔަވަޅު ނާޅައި އޮތް ކަމުގެ އެއް ހެއްކަކީ ދަރިވަރުން ކްލާސްތަކަށް ފޯނު ގެންދިޔުމުގެ ހުއްދަ އޮތުމާއި، އެ ހުއްދަ އޮތްއިރު އެކަމަށް އެއްވެސް އުސޫލެއް ހެދިފައި ނެތް ކަން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފޯނުގެ ބޭނުން ނަހަމަ ގޮތުގައި ކުރަމުން އަންނަކަންވެސް ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަށް ވުރެ ތަހުޒީބު ގައުމުތަކުގައި ވެސް ދަރިވަރުން ފޯނު ގެންދާކަން ފާހަގަކޮށް، ރާއްޖޭގައި ވެސް ދަރިވަރުން ސްކޫލުތަކަށް ފޯނު ގެންދަން ހުއްދަދޭނަމަ، އުސޫލެއް ކަނޑައެޅިފައި އޮންނަން ޖެހޭނެކަން ޓީޗަރުންގެ އެސޯސިއޭޝަނުން ފާހަގަކުރިއެވެ.

"އައްޑޫ ހައި ސްކޫލުގައި ހިނގި ހާދިސާއާ ގުޅިގެން މި އެސޯސިއޭޝަނުން ބެލި ބެލުމުން ފާހަގަވި އެންމެ މުހިންމު ކަމަކީ އެ ސްކޫލުގެ ދަރިވަރުން ބެލެހެއްޓުމުގައި ސްކޫލުގެ މެނޭޖްމަންޓް ފެއިލްވެފައިވާކަން. މެނޭޖްމަންޓް ފެއިލްވުމުގެ ސަބަބުން ހިނގާ މި ބާވަތުގެ ކަންކަމުގައި ޓީޗަރުން ކަތިލެވުމަކީ މި އެސޯސިއޭޝަނުން ބަލައިގަންނަ ކަމެއްނޫން،" އެ އެސޯސިއޭޝަނުން އިތުރަށް ބުންޏެވެ.

މިއާއެކު ޓީޗަރުންގެ އެސޯސިއޭޝަނުން ވަނީ، ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ޓީޗަރަށް ދަރިވަރު އުނދަގޫކުރި މައްސަލަ ބަލައި ފިޔަވަޅު އަޅައިދޭން ގޮވާލައިފައެވެ.

އައްޑޫ ހައި ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކާއި ބިދޭސީ ޓީޗަރަކާ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅޭ ގިނަ ވީޑިއޯ ތަކެއް މީސްމީޑިއާގައި އާއްމުވެފައިވާއިރު، އެ މައްސަލައާ ގުޅިގެން ހަމަ އެދުވަހު ޓީޗަރު ސަސްޕެންޑުކޮށްފައިވެއެވެ. އަދި އަޚުލާގީ ޕްރޮގްރާމެއް ފުރިހަމަކޮށް ޓީޗަރު ގާތުން މައާފަށް އެދެން ދެން އައްޑޫ ސްކޫލުން ވަނީ ދަރިވަރުވެސް ސަސްޕެންޑުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...