N/A
N/A
ހަބަރު 07 Feb 2019 | 14:15

އެއީ ފަނޑިޔާރުގޭގެ ބާރުތަކަށް ބަދަލުގެންނާނެކަމުގެ ބާރުގަދަ ސިގްނަލެއް

ރާއްޖޭގެ ޝަރުއީ ނިޒާމު ނުވަތަ ފަނޑިޔާރުގެ އިސްލާހްކުރާނެކަމުގެ ބާރުގަދަ ސިގްނަލެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދެއްވައިފިއެވެ.

ރައީސް ސާލިހް އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ " ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ."ކަމަށެވެ. އަދި ވިދާޅުވީ ފަނޑިޔާރުގެ އިސްލާހްކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައްކަމުގައެވެ.

ފަނޑިޔާރުން އިސްލާހުގެ މަގަށް ރުޖޫއަވާންޖެހޭކަމަށް ރައީސް ވިދާޅުވީ ކޮންކަމަކަށް އިޝާރާތްކުރައްވާފައިކަމެއް ސާފެއް ނުވެއެވެ. މީގެކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކިއެކި ކުށްތައް ސާބިތުވެ ބައެއް ސިޔާސީ ލީޑަރުން ޖަލަށްލެވިފައިވެއެވެ. އަދި ރައީސް ސާލިހް ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެހުރިހައި އެންމެން ކޯޓްތަކުގެތެރެއިންވަނީ ދޫކުރެވިފައެވެ.

އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި މިވަގުތު އޮތީ އެންމެ ޕާޓީއެކެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމްއެވެ. ރައީސް ސާލިހްގެ ސަރުކާރުންވަނީ އަބްދުﷲ ޔާމީންގެ މައްޗަށް ކަރޮޕްޝަންގެ ދައުވާ އުފުލާފައެވެ. އެހެންކަމުން ތަކުރާރުވާނީ އެއްކަމެކެވެ. ކުށްވެރިވީމާ ލީޑަރަކަށްވިޔަސް ޖަލަށްދާން ޖެހުމެވެ.

އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަޑައިގެން ތިއްބެވި ރަސްމިއްޔާތުގައި ރައީސް ސާލިހް ވިދާޅުވީ ރައްޔިތުންނަށް އިންސާފު ލިބޭނެކަން ޔަގީންކޮށްދޭންޖެހޭކަމަށެވެ.

ފަނޑިޔާރުގެ އިސްލާހްކުރުމުގެ ބާރުގަދަ ސިގްނަލް ރައީސް ދެއްވިއިރު އެމަނިކުފާނުގެ ޕާޓީންވަނީ ފަނޑިޔާރުގެ އިސްލާހްކުރާނެގޮތުގެ އެޖެންޑާއެއް ނުވަތަ އެޕާޓީން ރާވާފައިވާގޮތުގެ ތަފްސީލު ހާމަކޮށްފައެވެ.

އެމްޑީޕީން ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ބާރުދަށްކޮށްލައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ކޮންޓްރޯލްކުރާ ތަނަކަށް ބަދަލުކޮށްލުމަށެވެ.

ގާނޫން އަސާސީގައި ޖުޑިޝަރީ ދައުލަތް ހިންގުމުގެ ވަކި ބާރަކަށް ހަދާފައިވީނަމަވެސް އެމްޑީޕީގެ ހުށަހެޅުމުގައި ވަނީ ފަނޑިޔާރުގެ ހިންގާ ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގާ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަކީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމެޓީން ކަނޑައަޅާމީހަކަށް ހަދައި އޭނާ ޒިންމާދާރުވާންޖެހޭ ފަރާތަކީވެސް މަޖިލީސްގެ އެކޮމެޓީކަމުގައި ހެދުމަށެވެ. މީގެއިތުރަށްވެސް ކޯޓްތަކުގެ މިހާރު ހުރި މުހިއްމު ބާރުތަކެއް ނަގައި ސިޔާސީގޮތުން އައްޔަންމިކުރާ ފަރާތަށް ނަގުލުކުރުމަށް ހުށަހަޅާފައިވެއެވެ. ލަފާކުރެވޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު ފަނޑިޔާރުގެއާމެދު ހިގާ ހަނގުރާ ފެށިގެން ހިގަމުންދާނެއެވެ.

އެމްޑީޕީން ރާވާފައިވާ މިޕްލޭނަކީ ގާނޫން އަސާސީއާއި ފުށުއަރާ ކަންތައްތަކެއްކަމަށް ބައެއް ގާނޫނީވަކީލުން ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...